ޚަބަރު

މަޖިލީހުގެ ނައިބު ރައީސަކު އިންތިޚާބުކުރަން ބާއްވާ ޖަލްސާ މާދަމާއަށް ފަސްކޮށްފި


  • އިސްތިއުފާ ދެއްވީ މަޤާމުން ވަކިކުރުމުގެ މައްސަލައިގެ ޖަލްސާ ފަށަން ތައްޔާރުވެފައި ވަނިކޮށް

މަޖިލީހުގެ އައު ނައިބު ރައީސަކު އިންތިޚާބުކުރަން ބާއްވާ ޖަލްސާ މާދަމާއަށް ފަސްކޮށްފިއެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން އަޙްމަދު ނާޡިމް އިސްތިއުފާދެއްވިކަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއުލާންކުރެއްވުމަށްފަހު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިތުރު ޖަލްސާއެއް މިއަދު މެންދުރު 13:00ގައި ބާއްވާނެކަން އިއުލާން ކުރައްވާފައެވެ.

ނަމަވެސް މަޖިލީހުގެ އިދާރާއިން މީގެ ކުޑައިރުކޮޅެއް ކުރިންވަނީ ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާކަން ހާމަކުރައްވާފައެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުން ނާޠިމް ވަކިކުރަން މަޖިލީހަށް ޤަރާރެއް ހުށަހަޅާފައިވަނީ، މި މަހުގެ 14 ވަނަ ދުވަހުއެވެ. މަޤާމުން އަޙްމަދު ނާޡިމް އިސްތިއުފާ ދެއްވާފައި މިވަނީ މަޤާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ޖަލްސާ ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.