ޚަބަރު

ތެލަސީމިއާ ދުވަސް ހަނދާންކޮށްދެނީ އިންސާނިއްޔަތުކަމުގެ ސިފަތައް އިސްކުރަން: ރައީސް


  • ތެލެސީމިއާ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ ދުވަހެއް

  • އިޖްތިމާޢީ ރައްކާތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް

ތެލަސީމިއާ ދުވަސް ހަނދާކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ތެލެސީމީ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންމެ އަހަރަކުވެސް ފާހަގަކުރާ ތެލެސީމިއާ ދުވަސް ހަނދާކޮށްދީ ދަސްކޮށްދެނީ އިންސާނީއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކުރުމަށް ކަމަށާއި، ކޮންމެ ދިވެހި ދަރިއަކާއި ޢައިލާއަކަށްވެސް އެހީތެރިކަމާއި އެއްބާރުލުންދޭންޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބަދަހި ޤައުމެއް ބިނާކުރުމަށް ތެލެސީމިއާ ދުވަސް މިކަންކަން ހަނދުމަކޮށްދޭ ކަމަށެވެ.

ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ކޮންމެ ދިވެއްސަކީ ކޮންމ ރައްޔިތެއްގެވެސް ޢައިލީ މެންބަރެއްގެ ގޮތުގައި ބަލަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ޢައިލާތަކަށް ބޭނުންވާ ސިއްޙީ އަދި އިޖްތިމާޢީ ރައްކާތެރިކަމާއި ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް އަދި މަސްއޫލިއްޔަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތެލެސީމީ ދުވަސް ކޮންމެ އަހަރެއްގެ މޭ މަހުގެ 8ވަނަ ދުވަހު ފާހަގަކުރެއެވެ. މި ދުވަސް ފާހަގަކަރަނީ މި ބައްޔަށް ހޭލުންތެރިކަން އިތުރުކޮށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ތެލެސީމީއާ ތަހައްމަލުކުރުމުގައި ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކުގައި ހަނދާނުގައެވެ. މިއަހަރުގެ މިދުވަސް ފާހަގަކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "ހިޑެން ނޯ މޯ: ފައިންޑިންގ ދަ އަންޑައިގްނޯސްޑް" މި ޝިޔާރެވެ. ސަޕޯޓިންގ ދަ އަންސީން، ނުވަތަ އިތުރަށް ފޮރުވުމެއް ނެތި ބަލި ތަހައްމަލުކުރާ މީހުން ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުން" މިއެވެ.