ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަ


  • މިވިއްސާރަ ކުރިއަށް އޮތް 3 ދުވަހަށް ދެމިގެންދާނެ

  • މިއީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށުމާއެކު ކުރާ ދެމޫސުން ބެދޭ ވިއްސާރަ

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށުމާއެކު ކުރާ ދެމޫސުން ބެދޭ ވިއްސާރައެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށެވެ. އެގޮތުން މެދު ރާއްޖެތެރެއާއި ދެކުނަށް ބޯކޮށް ވާރޭވެހޭނެކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ވިދާޅުވިއެވެ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށާއި އެހެންނަމަވެސް ވިލާގަނޑުގައި ގަދަވާނެކަމަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް 3 ދުވަހަށް ދެމިގެންދާނެކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.