ޚަބަރު

ހުޅުމާލޭ ވޯޓަރ ތީމް ޕާކު ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް


  • ރޯވީ ގަސްތަކެއްގައި

  • ގަޑިއެއްހާރުތެރޭ ވަނީ ނިއްވާލާފައި

ހުޅުމާލެ ވޯޓަރ ތީމް ޕާކުގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އަލިފާން ރޯވީ ހުޅުމާލޭގެ ފޭސް 1ގައި ހުންނަ ވޯޓަރ ތީމް ޕާކް ތެރޭގައި ހުރި ގަސްތަކެއްގައިކަމަށެވެ.

ގަސްތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ ނިއްވާލައިފައެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ހުށައެޅާފަވަނީ މިއަދު ހެނދުނު 06:34 ހާއިރުއެވެ. މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން، ގަޑިއެއްހާއިރުތެރޭ އަލިފާން ވަނީ ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.