އަހަރުގެ މިހާތަނަށް އދ. އަތޮޅަށް 60،000 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 689،264 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާ ފަތުރުވެރިންނެވެ.
ރިޕޯޓުގައި ވަނީ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ އަތޮޅުތަށް ހިމަނާފައެވެ. އެގޮތުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ކ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓުހައުސްތަކުންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ އދ. އަތޮޅުގައެވެ.
ކ. އަތޮޅަށް: 291301 ފަތުރުވެރިން
އދ. އަތޮޅަށް: 60،863 ފަތުރުވެރިން
ރ. އަތޮޅަށް: 50،522 ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިން އެންމެ މަދުން ޒިޔާރަތްކޮށްފައިވަނީ ތ. ފ. އަދި ހދ. އަތޮޅަށެވެ.
މިހާތަނަށް ފަތުރުވެރިކަމަށް 64،138 އެނދު ވަނީ ނެރެފައެވެ. ފަތުރުވެރިކަމުގެ އެނދު އެންމެ ގިނަ އަތޮޅުތަކަކީ ކ. އދ. އަދި ރ. އަތޮޅެވެ.
ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން %69 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. ގެސްޓުހައުސްތަކުގައި %25.9 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު، %2.8 ފަތުރުވެރިން ހޮޓާތަކުގައި އަދި %2.2 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ސަފާރީތަކުގައެވެ.