މިއަދު ކުރިއަށް ދިޔަ އިންތިޚާބުގައި އަދިވެސް 4 ފޮށި ބަންދުނުކުރެވޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މިފަހަރުގެ އިންތިޚާބުގައި ޖުމްލަ 588 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މީގެ ތެރެއިން މާލެ ސަރަޙައްދުގައި އެކަނި 240 ވޯޓުފޮށި ބަހައްޓާފައިވާއިރު އަތޮޅުތަކުގައި 322 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އަދި ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި، ޖަލުތަކުގައި 5 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.
މިއަދު ހަވީރު 5:00 ޖެހުމާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިޔައިރު، މިރޭ 20:45އާ ހަމައަށް 584 ފޮށި ވަނީ ބަންދުކޮށްފައެވެ. އަދި ވޯޓު ގުނުން ފެށިފައިވަނީ 490 ފޮށީގައެވެ. 4 ފޮށީގެ ވޯޓުލުން އަދިވެސް ނުނިމޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 294،876 މީހުންނަށް ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި ހަވީރު 4:00 ޖެހުމާ ހަމައަށް %60 އަށްވުރެ ގިނަ މީހުން ވަނީ ވޯޓުލާފައެވެ.