އެސްޕިރޭޝަން ފޯ އޯލް އިނިޝިއޭޓިވްސް ސްޕޯޓްސް ކުލަބު (އޭއޭއައި) އިން ބާއްވާ ފުރަތަމަ ބީޗް ވޮލީ ބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެކުލަބުން ބުނީ މިއީ ބީޗް ވޮލީ ކުޅުންތެރިން އުފެއްދުމާއި ގައުމީ ޓީމަށް ކުޅުންތެރިން ހޯދުމަށް ކުލަބު ފެންވަރުގައި ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ވީއޭއެމް އަށް އެހީތެރިވެ ދިނުމުގެ މަގްސަދުގައި ފަށާ މުބާރާތެއް ކަމަށެވެ.
މި މުބާރާތުގައި ފުރަތަމަ ކުރިޔަށްދާނީ ފިރިހެން ޑިވިޝަންގެ މެޗުތަކެވެ. އެއަށްފަހު އަންހެން ޑިވިޝަނަށް ހުޅުވާލާނެ ކަމަށް އޭއޭއައި ކުލަބުން ބުނެއެވެ.
15 އޮކްޓޫބަރުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި މުބާރާތް ކުރިޔަށްދާނީ 29-31 އަަށް މާލޭ ބީޗް ވޮލީ ކޯޓުގައެވެ.
ޗެމްޕިއަން ޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ކަނޑައަޅާފައިވާ މި މުބާރާތުގައި ބައިވެރިވެވޭނީ 16-35 އަހަރާއި ދެމެދުގެ ކުޅުންތެރިންނަށެވެ.