ކުޅިވަރު

ވަލްވާޑޭ ބިލްބާއޯގެ ކޯޗުކަން ދޫކޮށްލަނީ


އެތްލެޓިކް ބިލްބާއޯގެ ކޯޗު އާނެސްޓޯ ވަލްވާޑޭ އޭނާގެ މަގާމު މި ސީޒަނަށް ފަހު ދޫކޮށްލަން ނިންމައިފި އެވެ.

މިކަން އިއުލާނުކު ކުރަމުން އޭނާ ބުނީ މިއީ ވަރަށް ގިނަ ދުވަހު ވިސްނުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ.

"އަހަރެން މިއަދު މި އިއުލާނު ކުރަނީ އަންނަ ސީޒަނުގައި އަހަރެން މި ކުލަބުގެ ކޯޗަކަށް ނުހުންނާނެ ކަމަށް. މިއީ ކުލަބާއެކު އަހަރެން ވަރަށް ގިނަ ދުވަހު މަޝްވަރާ ކުރުމަށްފަހު ނިންމި ނިންމުމެއް. އަހަރެންގެ ކޯޗުކަމުގައި ޓީމަށް ކުރިއެރުން ލިބުނު ކަމަށް އުއްމީދު ކުރަން،" ވަލްވާޑޭ ބުންޏެވެ.

ކުރިން ބާސެލޯނާ އަށް ކާމިޔާބު ހޯދައިދިން ކޯޗު ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބިލްބާއޯ އަށް ކޯޗުކޮށްދީފަ އެވެ. އެއީ 2003 އިން 2005 އަށް އަދި 2013 އިން 2017 އަށެވެ. އޭގެ ފަހުން އޭނާ ކޯޗުކަމާ ހަވާލުވީ 2022ގަ އެވެ. މި ފަހަރު އޭނާ ވަނީ 30 އަހަރު ތެރޭގައި ބިލްބާއޯ އަށް ފުރަތަމަ ފަހަރަށް ތައްޓެއް ހޯދައިދީފަ އެވެ. އެއީ ހުސްވި ސީޒަން ނުން ކުރީ ސީޒަނުގެ ކޮޕާ ޑެލްރޭ އެވެ. މި ކާމިޔާބީގެ އުފާފާޅު ކުރަން ބިލްބާއޯގެ މަގުތަކަށް މިލިއަނަކަށްވުރެ ގިނަ މީހުން ނުކުތެވެ.

އަދި އޭނާގެ ކޯޗުކަމުގައި އެޓީމު ވަނީ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގގައި ވެސް ވާދަކޯށްފަ އެވެ. ނަމަވެސް ކުރީ ސީޒަން ތަކަށްވުރެ މި ސީޒަނުގައި އެ ޓީމުގެ ނަތީޖާ ދަށެވެ. އެ ޓީމު މިވަގުތު އޮތީ ސްޕެނިޝް ލީގުގެ 11 ވަނާގަ އެވެ. މިއީ އަންނަ ސީޒަނުގެ ޔޫރަޕުގެ އެއްވެސް މުބާރާތަކުން ޖާގަ ލިބޭ ވަރަށްވުރެ ދަށް މަގާމެކެވެ.

ވަލްވާޑޭ ކޯޗިން ކެރިއަރުގައި ވަރަށް މަޑުމައިތިރި މީހެކެވެ. އޭނާ ވަނީ ލަޔޮނަލް މެސީއާއެކު ބާސެލޯނާގައި ވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފަ އެވެ. އެ ފަހަރު އޭނާ އަށް ކާމިޔާބު ނުކުރެވުނު ހަމައެކަނި ތައްޓަކީ ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތެވެ.