ޚަބަރު

ވެޓެރެންސް ކެޓަގަރީގެ ފައިނަލަށް ޓީސީ އާއި ލެގޫންސް


  • ހުސްވި އަހަރު މި ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އެމްއެސް މޭޓްސް

  • ޕެނެލްޓީގައި ލެގޫންސް ޖެހި ހުރިހާ ޕެނެލްޓީ އެއް ކާމިޔާބު ކުރި

މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2026 ގެ ވެޓެރެންސް ކެޓަގަރީގެ ފައިނަލުން ޓީސީ ސްޕޯޓްސް ކުލަބާއި، ލެގޫންސް ސްޕޯޓްސް ކުލަބު ޖާގަ ހޯދައިފިއެވެ.

ހެންވޭރު ދަނޑުގައި ކުރިއަށްދާ މުބާރާތުގެ 40 އަހަރުން މަތީގެ ކުޅުންތެރިންނަ ހާއްސަ ކޮއްފަވާ ވެޓެރެންސް ކެޓަގަރީގެ ފައިނަލުން ޓީސީ ޖާގަ ހޯދި ސެމީ ފައިނަލުގައި ސްޓެލްކޯގެ މައްޗަށް 2-0 ލަނޑުން ކުރި ހޯދައިގެންނެވެ.

މިމެޗުގައި ޓީސީގެ ދެ ލަނޑުވެސް ޖަހައިދިނީ ރިލްވާން ވަހީދެވެ.

ލެގޫންސް ފައިނަލުން ޖާގަ ހޯދީ ހުރާ ބެލިސިމޯ ސްޕޯޓްސް ކުލަބާ ވާދަކޮށް ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީގައި 5-4 ލަނޑުން ކުރި ހޯދައިގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ލަނޑުތައް ފެނިގެންދިޔައިރު ފުރަތަމަ ލީޑުނަގާ ކުރި ހޯދީ ބެލިސިމޯ އިން މުހައްމަދު ޝާންއެވެ. ލެގޫންސް އިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އެންމެ ފަހު މިނިޓުގައި އިބްރާހިމް ޝަފްރާޒް އެވެ.

ޕެނެލްޓީގައި ލެގޫންސް ޖެހި ހުރިހާ ޕެނެލްޓީ އެއް ކާމިޔާބު ކުރިއިރު ބެލިސިމޯގެ ހުސެއިން ނަޝީދު ޖެހި ޕެނެލްޓީ ވަނީ ނާކާމިޔާބު ވެފައެވެ.

ހުސްވި އަހަރު މި ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އެމްއެސް މޭޓްސްއެވެ.