ޚަބަރު

ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލައެއް ބަލަނީ


ހުޅުމާލެ ފޭސް 2 ގައި ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަނިޔާވެފައިވަނީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިން ނޫންކަމަށެވެ. އަދި މި ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގެ ވަށައިގެންވާ ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ބަލަމުންނެވެ. އަދި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

ފުލުހުން ވިދާޅުވީ، ތަހުގީގު ކުރިއަށްދާ މިންވަރަކުން މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހިއްސާކުރާނެކަމަށެވެ.