ޚަބަރު

ވެމްކޯ ސައިޓުގައި ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކު ވެންޓިލޭޓަރުގައި


  • ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުޤީގު ކުރަމުން

މާލޭގައި ހުންނަ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ ސައިޓެއްގެ ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 22 ވީ އާދީއްތަ ދުވަހުއެވެ.

ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މި މަހުގެ 23 ވީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މި ހާދިސާގައި އަނިޔާވި މީހާގެ ހާލު ސީރިއަސްވުމުގެ ސަބަބުން މިހާރު އަންނަނީ އައިޖީއެމް ހޮސްޕިޓަލުގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނުވަތަ ހާދިސާގެ އިތުރު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ، މި މައްސަލަ މިހާރު އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.