ޚަބަރު

ހުއްދަނޫން ގޮތުގައި މީހަކު ބަންދުކުރިި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި


  • 30 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައި

  • މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން

ހުއްދަނޫން ގޮތުގައި މީހަކު ބައްދުކޮށްގެން ގެންގުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓާފައިވާ މައްސަލައެއް މިމަހުގެ 19ވަނަ ދުވަހުގެ ރޭ ދަންވަރު 01:22 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

ތަހުގީގުގެ ތެރެއިން ކުރި މަސައްކަތުން، އެ މީހާ މާލޭގައި ހުރި ތަން ދެނެގަނެ، އެތަނަށް ބާރުގެ ބޭނުންކޮށްގެން ވަދެ ހިފަހައްޓާފައިހުރި މީހާ ވަނީ އެރޭ 02:29 އެހައިކަންހާއިރު ސަލާމަތްކޮށްފައިކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެމީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައި ނުވާކަމަށް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި ބަނގްލަދޭޝްއަށް ނިސްބަތްވާ އިޤްބާލް މިއާ (35އ) ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އިޤުބާލް މިއާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ފަރާތެކެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ