ޙައްޖާއި ޢުމްރާގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އިސްލާމީ ކަންތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ.
Ministry of Islamic Affairs and Island Aviation Sign MoU to Enhance Hajj and Umrah Serviceshttps://t.co/nuIG2Wy0VB pic.twitter.com/EkSqQNaSpw
— Ministry of Islamic Affairs (@MVIaffairs) February 16, 2026
މިއީ ޙައްޖާއި ޢުމްރާގެ ކަންކަމާއި އެނޫންވެސް ދާއިރާތަކުން އެއްބާރުލުމާއި އެހީތެރިކަން ދިނުމާއި، ދިވެހި ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ފަސޭހަ އަދި އިތުބާރުހުރި ވައިގެ ދަތުރުފަތުރުގެ ޚިދުމަތެއް ކަަށަވަރުކުރުމަށާއި، މާލެއާއި ޖިއްދާއާ ދެމެދު ކުރެވޭ ދަތުރުތައް އިތުރުކޮށް، ޙައްޖުވެރިންނަށާއި ޢުމްރާވެރިންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ވެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ މަޤުސަދުތަކުގެ ތެރޭގައި، މޯލްޑިވިއަންގެ މުވައްޒަފުންނަށް ދީނީ ކަންކަމާއި ގުޅޭ ތަމްރީނުތައް ފޯރުކޮށްދިނުމާއި، ވުޒާރާއިން ބާއްވާ ޙައްޖު ޢުމްރާ ކޮންފަރެންސް ފަދަ ހަރަކާތްތަކުގައި މޯލްޑިވިއަންގެ ފުރިހަމަ ބައިވެރިވުން ހޯދައިދިނުން ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ، މޯލްޑިވިއަނުން ދިވެހި ޙައްޖުވެރިންނާ ޢުމްރާވެރިންގެ ޚިދުމަތުގައި ކޮށްދެއްވައި މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.