ޚަބަރު

ސުނާމީބިނާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފި


  • މިއަދުގެ 18:00 ގެ ކުރިން އުޅަނދުތައް ނަގަން ޖެހޭ

ސުނާމީ ބިނާ މައިޒާން ތަރައްގީކުރާތީ އެތަނުގައި ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން އަންގައިފިއެވެ.

ޝޯސިއަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފުލުހުން ވަނީ މާލޭ ސްކޭޕިން މަޝްރޫއުގެ ތެރެއިން ސުނާމީ ބިނާ މައިޒާން ތަރައްގީކުރުމުގެ މަސައްކަތަށް އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް އަންގާފައެވެ.

އެގޮތުން ފުލުހުން ހިއްސާކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުގައި ހުރި އުޅަނދުތައް މިއަދުގެ 18:00 ގެ ކުރިން އެ ސަރަހައްދުން ނަގައި ހުސް ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މާލޭގައި ހިއްފަސޭހަކޮށްލުމަށް ރައްޔިތުން ބޭނުން ކުރާ ތަންތަން މަރާމާތުކޮށް، އާބާތުރަ ފިލުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރަމުންނެއެވެ. އެގޮތުން މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކު އަދި ޖުމްހޫރީ މައިދާންވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން މީހުން އެންމެ ގިނައިން ގޮސްއުޅޭ ރަސްފައްނުގެވެސް މަރަމާތުގެ މަސައްކަތް ދަނީ ކުރަމުންނެއެވެ.