ޚަބަރު

ހުޅުމާލެ ފަޅުތެރޭގައި ފައިބަރު މަސައްކަތް ނުކުރަން އަންގައިފި


  • އެހެން ސަރަހައްދަކަށް މަސައްކަތް ބަދަލުކުރުމަށް ވަނީ އަންގާފައި

ހުޅުމާލެ ފަޅުތެރޭގައި ފައިބަރުގެ މަސައްކަތްކުރުން އަންނަ އާދިއްތަ ދުވަހުގެ ކުރިން ހުއްޓާލަން އެޗްޑީސީން އަންގައިފިއެވެ.

އެޗްޑީސީއިން ވިދާޅުވީ ފަޅުތެރޭގައި އަޅާފައި އޮންނަ އޮޑިދޯނި ފަހަރުގައި ފައިބަރު މަސައްކަތް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އެއީ ތިމާވެއްޓަށާއި ފަޅުތެރެ ބޭނުންކުރާ މީހުންނަށް ނޭދެވޭ އަސަރުކުރާނެ ކަމަކަށް ވާތީ އެ މަސައްކަތް ކުރުން އެ ކުންފުނިން ވަނީ މަނާކޮށްފައެވެ.

އެގޮތުން އަންނަ އާދިއްތަ ދުވަހުގެ ރޭގަނޑު 12:00ގެ ކުރިން އެ މަސައްކަތް ހުއްޓާލުމަށް ނުވަތަ އެކަން ކުރުމަށް ކަނޑައަޅާފައިވާ އެހެން ސަރަހައްދަކަށް މަސައްކަތް ބަދަލުކުރުމަށް ވަނީ އެދިފައެވެ.

އެޗްޑީސީއިން ވިދާޅުވީ މި މުއްދަތުގެ ކުރިން މި މަސައްކަތް ހުއްޓާލާފައި ނުވާނަމަ މެރިން ޕޮލިސް އާއި ކަމާ ގުޅުން ހުރި އެހެނިހެން އިދާރާތަކާ ގުޅިގެން އެކަންކަން ހުއްޓުވުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރިއަށްގެންދާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެއެވެ.

ރާއްޖޭގައި ފައިބަރުގެ މަސައްކަތްކުރުމާއި ގުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި ކެއިންބުއިން މަނާކޮށް، ފުރަތަމަ ފަހަރަށް "ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްޙީ ރައްކާތެރިކަމުގެ މިންގަނޑުތަކާބެހޭ ގަވާއިދު" އާއްމުކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެތެރޭގައެވެ.