ޚަބަރު

އައްޑޫ ސިޓީ ފޭދުއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން މީހާ ފެނިއްޖެ


  • އޭނާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އާންމުންގެ ބަޔަކަށް

  • އޭނާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު

އައްޑޫ ސިޓީ ފޭދޫއިން ގެއްލިގެން ހޯދަމުންދިޔަ ޙައްވާ ރާއިދާ ފެނިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އޭނާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އާންމުންގެ ބަޔަކަށްކަމަށެވެ. ސ.ފޭދޫ ހަމްދަރުދީ ޢުމުރުން 19 އަހަރުގެ ޙައްވާ ރާއިދާ މުނީރު ދިޔަތަނެއް ނޭނގި ގެއްލިގެން ޢާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ 14:52ގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

އޭނާ މިހާރު ފެނިފައިވާއިރު މިމައްސަލައާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.