ޚަބަރު

ހުވަފެންފުށި ކައިރިން ހޮޅިތަކެއް އޮޔާދާތީ ސަމާލުވާން އަންގައިފި


  • އޮޔާދަނީ 100 މީޓަރުގެ ޑްރެޖަރ ހޮޅިތަކެއް

  • ހޮޅިތައް އޮޔާދަނީ ހުޅަނގުދެކުނަށް އަރިއަތޮޅާ ދިމާއަށް

  • އަލިހުރަސްކަނޑާއި، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެދިފައިވޭ

މާލެއަތޮޅު ނަކައްޗާފުށި ނުވަތަ ހުވަފެންފުށި ރިސޯޓު ކައިރިން ހޮޅިތަކެއް އޮޔާދާތީ، ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ވަނީ ނަކައްޗާފުށީ ކައިރި ހިއްކަމުންދާ ފަޅެއްގައި އަޅާފައި އޮތް 100 މީޓަރުގެ ޑްރެޖަރު ހޮޅިތަކެއް އޮޔާދާތީ އެކަމަށް ސަމާލުކަން ދީގެން ދުއްވުމަށް އިލްތިމާސްކުރައްވާފައެވެ.

ހޮޅިތައް އޮޔާދަނީ ހުޅަނގުދެކުނަށް އަރިއަތޮޅާ ދިމާއަށްކަމަށާއި، އެހެންކަމުން އަލިހުރަސްކަނޑާއި، އެ ސަރަހައްދު ކައިރިން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަންދެއްވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. ޚާއްޞަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރައްވައެވެ.