ސިނަމާލެ ބްރިޖްގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި މިރޭ ބްރިޖްގެ އުތުރު ލޭން ބަންދުވާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ޑިސެންބަރު 15 ވަނަ ދުވަހުގެރޭ 23:45 އިން ފެށިގެން ބްރިޖްގެ އެއް ލޭނު ބަންދުވާނެކަމަށެވެ. އެއީ ބްރިޖްގެ އުތުރު ފަރާތު ލޭނެވެ.
ސިނަމާލެ ބްރިޖްގެ މެއިންޓެނެންސް މަސައްކަތެއް ކުރުމަށްޓަކައި 2025 ޑިސެންބަރު 15 ވަނަ ދުވަހުގެރޭ 23:45 އިން ފެށިގެން މަސައްކަތް ނިމެންދެން ބްރިޖްގެ އުތުރު ފަރާތު ލޭނު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށްވަނީ ހަމަޖެހިފައި. pic.twitter.com/bghLAL0IUB
— Maldives Police (@PoliceMv) December 15, 2025
މަސައްކަތް ނިމެންދެއް ބްރިޖްގެ އުތުރުފަރާތު ލޭނު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ބްރިޖަކީ ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ބަޔަކު ބޭނުންކުރާ ތަނެކެވެ. ބްރިޖުގެ ލޭނު ބަންދުކުރާ ވަގުތުތަކުގައި ޓްރެފިކް ޕޮލިހުން ދޭ އިރުޝާދުތަަކަށް ވެހިކަލް ދުއްވާ ފަރާތްތަކުން ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.