މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް 12.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެންސްޕާގެ ތަފާސްހިސާބުން ދައްކައިފިއެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިިދޔަ މަހު ނުކުޅެދުންތެރިކަން ހުންނަ 359 މީހަކަށް ތެރަޕިއުޓިކް ފަރުވާއަށް ޚަރަދުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 252 ފިރިހެނުންނާއި 107 އަންހެނުންނެވެ.
އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އުމުރުން 18 އަހަރުން ދަށުގެ 342 ކުއްޖަކަށް ތެރަޕިއުޓިކް ފާރުވާ ދިނުމަށް އެހީދީފައިވެއެވެ. މީގެ އިތުރުން އުމުރުން 18 އަހަރާއި 64 އަހަރާ ދެމެދުގެ 17 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މި ފަރާތްތަކަށް އެންސްޕާއިން މިދިޔަ މަހު ވަނީ 12.4 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.
ތެރަޕީގެ ބާވަތުން ކުރި ޚަރަދަށް ބަލާއިރު އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ބިހޭވިއާ ތެރަޕީ ދިނުމަށެވެ. އެއީ 3.5 މިލިޔަން ރުފިޔާގެ އެހީއެވެ. ބިހޭވިއާ ތެރަޕީއަކީ އާންމު ގޮތެއްގައިވެސް، އެންސްޕާއިން އެންމެ ގިނައިން ޚަރަދުކުރާ ތެރަޕީގެ ބާވަތެވެ.
ނޮވެންބަރު 2025 ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާ ހަމަޖައްސާ ދެވިފައިވާ ގޮތުގް ތަފްސީލް (އުމުރުފުރައިން)
— NSPA (@NSPAmaldives) December 14, 2025
ނޮވެންބަރު 2025 pic.twitter.com/9axJxmXTGf
• އޮކިއުޕޭޝަނަލް ތެރަޕީއަށް: 3.49 މިލިޔަން ރުފިޔާ
• ސައިކޯ ތެރަޕީއަށް: 99،350 ރުފިޔާ
• އަރލީ އިންޓަވެންޝަންއަށް: 9،000 ރުފިޔާ
• ސްޕީޗް ތެރަޕީއަށް: 3.27 މިލިޔަން ރުފިޔާ
• އެޑިއުކޭޝަނަލް ތެރަޕީ: 1.88 މިލިޔަން ރުފިޔާ
• ފިޒިއޯތެރަޕީއަށް: 118،452 ރުފިޔާ
ނޮވެންބަރު 2025 ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ކުރެވިފައިވާ ގޮތުގެ ތަފްސީލް. (ތެރަޕީގެ ބާވަތުން)
— NSPA (@NSPAmaldives) December 14, 2025
ނޮވެންބަރު 2025 pic.twitter.com/X4HPo6SKNk
މީގެ އިތުރުން ބޭސްފަރުވާ އެހީގެ ޕްރޮގްރާމުގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް 58 މީހުންނަށް 435،120 ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުން ދައްކައެވެ.
މިދިޔަ މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 14،938 މީހުން ރަޖިސްޓްރީވެފައިވެއެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 5،050 ކުދިންނާއި 18 އަހަރާއި 64 އަހަރާ ދެމެދުގެ 7،613 މީހުން ހިމެނެއެވެ. މީގެ އިތުރުން މި ދަފްތަރުގައި 65 އަހަރުން މަތީގެ 2،275 މީހުން ވެސް ރެޖިސްޓާކޮށްފައިވެއެވެ.
ނޮވެންބަރު 2025 ގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ނުކުޅެދުންތެރިކަމުގެ ގިންތި
— NSPA (@NSPAmaldives) December 14, 2025
ނޮވެންބަރު 2025 pic.twitter.com/gZpfJZuNI4
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އެންމެ ގިނައިން ހިމެނެނީ ޖިސްމާނީ ނުކުޅެންދުތެރިކަން ހުންނަ ކުދިންނާއި މީހުންނެވެ. އެއީ 4193 މީހުންނެވެ. އަދި އެކި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ އަދަދު 3،372އަށް އަރާއިރު ސިކުނޑިއާ ގުޅުންހުރި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ އަދަދު 1،871އަށް އަރައެވެ.
މީގެ އިތުރުން، ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ 2،059 ކުދީންނާއި މީހުންވެސް ހިމެނެއެވެ. މި ދަފްތަރުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 1014 މީހުން ތިބިއިިރު އޯޓިޒަމް 588 މީހުންވެސް އެބަތިއްބެވެ. އަދި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 56 މީހަކުވެސް މުި ދަފްތަރުގައި ތިބިކަމަށް އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.