ޚަބަރު

އެންޑީއޭއިން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް


  • މި މައްސަލަ ފުލުހަށް ހުށައަޅާފައިވަނީ މިމަހުގެ 4 ވަނަ ދުވަހު

  • މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ، ފްލޮރިޑާ، 51 އަހަރުގެ މުޙައްމަދު ފަޞީޙް

ނެޝަނަލް ޑްރަގް އެޖެންސީން ފަރުވާދޭ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ މައްސަލައިގައި ހައްޔަރުކުރި މުޙައްމަދު ފަޞީޙް 15 ދުވަހަށް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މިގޮތަށް އަމުރުކޮށްފައިވަނީ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެންޑީއޭއިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިމަހުގެ 4 ވަނަ ދުވަހު އެ އިދާރާއިން ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލާގެ ތުހުމަތުގައި އެންޑީއޭގެ ޕިއަރ މެންޓަރގެ ވަޒީފާ އަދާކުރަމުން ދިޔަ ސ. ފޭދޫ، ފްލޮރިޑާ، 51 އަހަރުގެ މުޙައްމަދު ފަޞީޙް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރައްވަމުންނެވެ.