މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ޢަބްދުﷲ ނާޞިރުގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ޢައިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ޢަބްދުﷲ ނާޞިރުގެ ލޮބުވެތި މަންމާފުޅު ޝަރީފާ މުޙައްމަދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއިއެކުގައިކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައިވަނީ އެޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
— Dr Mohamed Muizzu (@MMuizzu) November 21, 2025
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ޢަބްދުﷲ ނާޞިރުގެ ލޮބުވެތި މަންމާފުޅު، ޝަރީފާ މުޙައްމަދު އަވަހާރަވި ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއެކު. އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި… pic.twitter.com/VhDC6hGvpC
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ޢަބްދުﷲ ނާޞިރުގެ މަންމާފުޅު ނިޔާވީ ޢުމުރުން 83 އަހަރުގައެވެ. މައްޔިތާގެ މޫނުދެއްކުމާއި ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައެވެ.
މައްޔިތާ ވަޅުލުމަށް ހަމަޖެހިފައިވަނީ މަޣްރިބް ނަމާދަށްފަހުގައެވެ.