އައު ތިން ކުޅުންތެރިން ހިމަނާ ގައުމީ ސްކޮޑު އިއުލާންކޮށްފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ޤައުމީ ސްކޮޑު އިޢުލާންކޮށްފައިވާއިރު މުޅިން އަލަށް ޤައުމީ ޓީމުން ފުރުސަތު ދީފައިވާ ކުޅުންތެރިންނަކީ ވެލެންސިއާގެ ކެޕްޓަންކަން ކުރަމުން އަންނަ ޒުވާން ކުޅުންތެރިޔާ އީތަން އިބްރާހީމް ޒަކީއާއި، ބުރު ސްޕޯޓްސް ކްލަބްގެ ޑިފެންޑަރު ޠާއިފް ޤާސިމްގެ އިތުރުން ކްލަބް އީގަލްސްގެ ގޯލު ބަލަހައްޓަމުން އަންނަ މުހައްމަދު އަޝްވާންއެވެ.
ޤައުމީ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ މިމަހު 18 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗުގައި ފިލިޕީންސްއާ ދެކޮޅަށް ނުކުތުމަށެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ޕޮއިންޓު ތާވަލަށް ބަލާއިރު މިހާތަނަށް ކުޅުނު ހަތަރު މެޗުންވެސް ބަލިވެ ޕޮއިންޓެއް ނުލިބި ރާއްޖެ އޮތީ ފުލުގައެވެ. އަދި ތާވަލުގަ އެއްވަނައިގައި 10 ޕޮއިންޓާއެކު ފިލިޕީންސް އޮތް އިރު އެޓީމުން ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށް އަނެއް މެޗުން ޕޮއިންޓެއް ހޯދާފައެވެ.
ދެވަނައިގައި އޮތް ތަޖިކިސްތާނަށްވެސް 10 ޕޮއިންޓު ލިބިފައިވާއިރު ފިލިޕީންސް ކުރި ހޯދާފަވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މި ގްރޫޕުގެ ތިންވަނަަ ޓިމޯ ލެސްޓޭއަށް ލިބިފަވާއިރު އެޓީމު ކުޅުނު ހަތަރުމެޗުގެ ތެރެއިން ކާމިޔާބުކުރެވިފަވަނީ އެންމެ މެޗެކެވެ.