 
										
			ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ "ޖެނަރޭޝަނަލް ބޭން" އާ ގުޅިގެން ބާއްވާ ޚާއްސަ ޓެލެތޯން ފަށައިފިއެވެ. 
މިއީ 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ މީހުން މާދަމާއިން ފެށިގެން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވާތީ އެކަމަށް ޚާއްސަކޮށްގެން ރާއްޖޭގެ އެކި މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ޓެލެތޯންއެކެވެ.
މި ޓެލެތޯން ފަށާފައިވަނީ މިއަދު ހަވީރު 3:45ގައެވެ. މި ޓެލެތޯނު މިރޭވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ޓެލެތޯން ނިންމާލުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 12 ޖަހާއިރުގައެވެ.
މި ޓެލެތޯންގެ ތެރެއިން ކަމާ ގުޅުން ހުރި ފަރާތްތަކުގެ އިންޓަވިއުތަކާއި ދުންފަތުގެ އިސްތިއުމާލާ ގުޅޭގޮތުން ސިއްޙީ ގޮތުންނާއި ދީނީ ގޮތުން މަޢުލޫމާތު ގެނެސްދޭނެއެވެ. މީގެ އިތުރުން ޒުވާނުންނާއި ބެލެނިވެރިންނާއި ސްކޫލް ދަރިވަރުންގެ ޝުޢުރޫތައް ގެނެސްދިނުމުގެ އިތުރައް ތަފާތު ބައިތައް މި ޓެލެތޯންގައި ހިމެނޭނެއެވެ.
މި ޓެލެތޯންގެ ތެރެއިން ދުންފަތް މަނާކުރުމުގެ ޤާނޫނަށް އަމަލުކުރަން ފެށުން ފާހަގަކުރަން ކުރިއަށްގެންދާ 24 ގަޑިއިރުގެ ދުވުމާ ގުޅޭ މަޢުލޫމާތުތައްވެސް ގެނެސްދޭނެއެވެ. އެކުވެނި ޓްރެކްގައި ކުރިއަށްދާ ދުވުން ފަށާފައިވަނީ މިއަދު ހަވީރު 4 ޖެހިއިރުގައެވެ. ދުންފަތުން ދުރުވުމަށް އެހީތެރިވެދޭ ސިޒޭޝަން ކްލިނިކާއި އެޑްވޮކެސީ ސްޓޯލާއި ލައިވް މިއުޒިކް އަދި ފޮޓޯ ބޫތާ އެކު ކުރިއަށްގެންދާ ދުވުން ނިންމާލަން ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4 ޖަހާއިރުގައެވެ.
ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބިލު ޤާނޫނަކަށްވުމުން 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެއެވެ. އަދި އެއުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް