ޚަބަރު

ލ.އިސްދޫ ކުނި މެނޭޖުކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި


  • މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ވަޒީރު މޫސާ ޒަމީރު

  • މި މަސައްކަތް ހަވާލުކޮށްފައިވަނީ ވެމްކޯއާ

ހައްދުންމަތީ އިސްދޫގައި ކުންޏާއި ވަސީލަތްތައް ޤާއިމްކުރާ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު އިސްދޫއަށް ކުރެއްވި ޒިޔާރަތުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރުއެވެ.

އިސްދޫގައި ކުންޏާއި ވަސީލަތްތައް ޤާއިމްކުރާ މަރުކަޒުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ވެމްކޯއާއެވެ.

އިސްދޫގައި ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް ނިމޭއިރު ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތައް ގެންދަވަނީ ފަށްޓަވައިދެއްވަމުންނެވެ. އަދި ރަށްރަށުގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމުގެ ގޮތުން ރައްޔިތުން ބޭނުންވާގޮތަށް މަޝްރޫޢުތައް ތަރުތީބުކޮށް، ގެންދަވަނީ ހިންގަވަމުންނެވެ.