ށ. ފީވަކުގައި ސަރުކާރުން އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.
ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ ފީވަކު ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިޢުއާއި ފެނަަކައިގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓ) މުހައްމަދު ޖަނާހެވެ.
މި ފިޓްނެސް ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިންނެވެ.
ފީވަކުގައި އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
ކޮންމެ ރަށެއްގައި ފިޓްނެސް ސެންޓަރެއް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކުގެ ބޭނުމަކީ ކުޅިވަރުތައް ކުޅޭނެ ވަސީލަތްތައް ފުރިހަމަކޮށްދީ ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުން ދުޅަހެޔޮ ޖީލެއް އުފެއްދުމެވެ.
ފީވަކުގައި އިމާރާތް ކުރާ ފިޓްނަސް ސެންޓަރު ތަރައްގީ ކުރަނީ އިންޑޯ ކުޅިވަރުތަކާ އެކި ކަހަލަ ބޯޑު ގޭމުތައް ކުޅެވޭނެ އިންތިޒާމާއި މީޓިންގ ރޫމާއި ކުލާސްރޫމެއްވެސް ހިމެނޭގޮތަށެވެ.