ކްލަބް މޯލްޑިވްސް ކަޕް 2025 ގައި ވާދަކުރާ ޓީމުގެތަކުގެ ކުޅުންތެރިންގެ ތެރެއިން ޕީއެސްއެމް އެއަރ އިން ހޮވާ ސަޕޯޓަރުންގެ އެންމެ މަގުބޫލު، ފޭންސް ޕްލޭޔަރސް ލިސްޓުގެ އެންމެ ކުރިއަށް ބީއެމްއެލް ޔުނައިޓެޑުގެ އިޝާން އިބްރާހިމް (ސައްޓު) ޖެހިލައިފިއެވެ.
އަދި ކުލަބް މޯލްޑިވްސް ކަޕްގެ އެންމެ ވަރުގަދަ ސަޕޯޓަރުން ތިބި ޓީމުތައް ވައްޓާލުމަށްފަހު އެންމެ މަގުބޫލު ޓީމުތަކުގެ ލިސްޓުގެ އެއްވަނައަށް އެމްޓީސީސީ ވަނީ އަރާފައެވެ.
ހުޅުމާލެ ރެހެންދި ޓާފްގައި ކުރިޔަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ މަގްބޫލު ކުޅުންތެރިޔާ ހޮވުމަށް ޕީއެސްއެމް އެއަރ މެދުވެރިކޮށް ވޯޓުލުމުމުގެ ފުރުސަތު 12 ނޮވެމްބަރު 2025 އާއި ހަމައަށް ހުޅުވާލާފައިވާއިރު އެންމެ ވާދަވެރިކޮށްދާއިރު އެންމެ ގިނަ ވޯޓު ލިބިފައިވަނީ ބީއެމްއެލްގެ ކުޅުންތެރިންނަށެވެ. ކްލަބް އެމްޓީސީސީ ލީޑަރ ބޯޑުގެ އެއްވަނައިގައި އޮތްއިރު އެމްޓީސީސީއާއި އެންމެ ވާދަކުރަނީ އެސްޓީއޯ ރެކްރިއޭޝަން ކުލަބެވެ. ތިންވަނައިގައި އޮތް ކްލަބް އެޗްޑީސީއާއި ހަތަރުވަނައިގައި އޮތް ވެމްކޯވެސް މި ރޭހުގައި ދަނީ ވަރަށް ވާދަވެރިކޮންނެވެ.
ޕީއެސްއެމް އެއަރ މެދުވެރިކޮށް ހޮވާ ފޭންސް ޕްލޭޔަރސް ލިސްޓުގެ ގަދަ 10 ގެ އެއްވަނައިގައި މިވަގުތު އިޝާން އޮތީ 1642 ވޯޓާއެކުގައެވެ.
ލީޑަރ ބޯޑުގައި 746 ވޯޓާއެކު ޔުނައިޓެޑް ބީއެމްއެލްގެ އިބްރާހިމް ހަމްދާންއެވެ. 3 ވަނައިގައި އޮތީ 620 ވޯޓާއެކު ފައްޔާޒް ފަޔާޒެވެ. 4 ވަނައިގައި އޮތީ 536 ވޯޓާއެކު ހާޒިމް ފައުޒީއެވެ. 5 ވަނައިގައި އޮތީ 535 ވޯޓާއެކު ކުލަބް އެޗްޑީސީގެ ޕޯޗުގަލް ކުޅުންތެރިޔާ ރިކާޑީނިއޯ ފެލިޕޭއެވެ. 6 ވަނައިގައި އޮތީ 444 ވޯޓާއެކު ކުލަބު އެމްޓީސީސީގެ އަޔާޒް އަހުމަދެވެ. 7 ވަނައިގައި އޮތީ 389 ވޯޓާއެކު އިސްމާއިލް ނަސީމެވެ. 8 ވަނައިގައި އޮތީ 292 ވޯޓާއެކު ކްލަބް އިމިގްރޭޝަންގެ ކައިސާންއެވެ. 9 ވަނައިގައި އޮތީ 260 ވޯޓާއެކު ސްޓެލްކޯގެ އަހުނަފް ރަޝީދެވެ. 10 ވަނައިގައި އޮތީ 241 ވޯޓާއެކު ޔުނައިޓެޑް ބީއެމްއެލްގެ މުޒުދާން ހަސަންއެވެ.
ފޭންސް ޓީމުގެ ލީޑަރ ބޯޑުގެ އެއްވަނައިގައި ކުލަބު އެމްޓީސީސީ އޮތީ 190 ވޯޓާއި އެކުގައެވެ. ދެވަނައިގައި އޮތީ 101 ވޯޓާއެކު އެސްޓީއޯ ރެކްރިއޭޝަން ކުލަބެވެ. ތިންވަނައިގައި އޮތީ 83 ވޯޓާއި އެކު ކްލަބް އެޗްޑީސީއެޗެ. ހަތަރުވަނައިގައި އޮތީ 78 ވޯޓާއެކު ވެމްކޯއެވެ. ފަސް ވަނައިގައި އޮތީ 29 ޕޮއިންޓާއެކު ޔުނައިޓެޑް ބީއެމްއެލްއެވެ. ހަވަނައިގައި އޮތީ 16 ވޯޓާއެކު އެމްޕީއެލްއެވެ. 7 ވަނައިގައި އޮތީ 11 ވޯޓާއެކު ދިރާގެވެ. 8 ވަނައިގައި އޮތީ 8 ވޯޓާއެކު އާރްއާރްސީއެވެ. 9 ވަނައިގައި އޮތީ 4 ވޯޓާއެކު އެމްއޭސީއެލްއެވެ. 10 ވަނައިގައި އޮތީ 3 ވޯޓާއެކު ޕްރިޒަން ކުލަބެވެ. އެންމެ ވަރުގަދަ ސަޕޯޓަރުން ތިބި ބައެއް ޓީމުތައް އޮތީ ވަރަށް ފުލުގައެވެ.
ނަތީޖާ ބަދަލުކޮށްލުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވާލެވިފައެވެ. ޕީއެސްއެމް އެއާ މެދުވެރިކޮށް ބެލުންތެރިންގެ އެންމެ މަގްބޫލު ކުޅުންތެރިޔާއާއި އެންމެ މަގްބޫލު ޓީމު ހޮވުމުގެ ފުރުސަތުގެ ބޭނުން މިހާތަނަށް އެންމެ ރަނގަޅަށް ހިފާފައި ވަނީ އިޝާންގެ ސަޕޯޓަރުންނާއި އެމްޓީސީސީގެ ސަޕޯޓަރުން ކަމަށްވިޔަސް އަދިވެސް މިނަތީޖާ އަނބުރާލުމުގެ ފުރުސަތު ބޮޑެވެ.