ޚަބަރު

ރައީސް މުޢިއްޒުފަދަ އިޚްލާސްތެރި ނިޔަތެއް އޮވެގެން މަސައްކަތްކުރެއްވި ވެރިއެއް އަދިނުދެކެން: ޤާސިމް


  • މިއީ މިހާތަނަށް ދުށް އެންމެ އިޚްލާސްތެރި ވެރިޔާކަމަށް ވިދާޅުވި

  • ރައީސްގެ މަސައްކަތްޕުޅަށް ތަޢުރީފްކުރެއްވި

އައު ގާނޫނުއަސާސީ އެކުލަވާލާ އަމަލުކުރަން ފެށިފަހުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫނީ އިޚުލާސްތެރި ނިޔަތެއްގައި މަސައްކަތްކުރެއްވި ވެރިއަކު ދެކެވަޑައިނުގަންނަވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. އދ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ދަތުރުފުޅުގައި އެ އަތޮޅު ފެންފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ޤާސިމް އިބްރާހިމް ވަނީ ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ތަޢުރީފްކުރައްވާ ވާހަކަފުޅު ދައްކަަވާފައެވެ.

ޤާސިމް ވިދާޅުވީ 2008 ވަނަ އަހަރު އައު ގާނޫނުއަސާސީ އެކުލަވައިލި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނޫނީ އިޚުލާސްތެރި ވެރިއަކު މިހާތަނަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. މިގޮތުން ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު މަސައްކަތްކުރައްވަމުން ގެންދަވަނީ ހިތްވަރާއި އަޒުމާ އެކީގައި ވަރަށް އިޚުލާސްތެރި މަސައްކަތްތަކެއްކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާއަށް ގިނަ ކަންތައްތަކެއް ކުރައްވަމުންގެންދަވާކަންވެސް ޤާސިމް އިބްރާހީމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

"ހުޝާމަތުކުރާށޭ ބައެއް މީހުން ބުނި ކަމުގައި ވީނަމަވެސް އަޅުގަނޑު މި ކުރަނީ ހުޝާމަތެއް ނޫން. އަޅުގަނޑު ހަމަ ހިތުގެ އުމުގުން ގަބޫލުކުރެވިފައިވާ ކަންތައްތަކެއްގެ ވާހަކަ މި ދަންނަވަނީ" މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށައް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަށް އަލިއަޅުވާލައްވަމުން ޤާސިމް ވިދާޅުވީ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންވެސް ކައުންސިލްތަކާއި އެހެނިހެން އިދާރާތަކުން ފާހަގަކުރާ ކަންކަމަށް ކަމާގުޅުންހުރި ފަރާތްތަކުގެ ބޭފުޅުން މެދުވެރިކޮށް ހައްލުހޯއްދެވުމަށް ރައީސް މަސައްކަތްކުރައްވާކަމަށެވެ. އެއީ ކުރިން ފެނިވަޑައިގަންނަވާ މަންޒަރެއް ނޫންކަމަށް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.