ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދައުރު ފުރާކޮށް، އަންހެން ފުލުހުންގެ ލީޑަޝިޕް އިތުުރުރުކުމަށް ކުރިއަށްގެންދިޔަ "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް 2025" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ އަންހެން ފުލުހުންގެ ކުރިއެރުވުމަށް ބޭއްވި މިފަދަ ފުރަތަމަ ސަމިޓެވެ.
ތިން ދުވަހުގެ މުއްދަތަކަށް ކްރޮސް ރޯޑު މޯލްޑިވްސްގައި ކުރިއަށްގެންދިޔަ " މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް 2025" ނިންމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވަސް އެއަރޕޯޓް ކޮންޕެނީ ލިމިޓެޑްގެ ޗެއަރޕަރސަން އައިޝާ ނޫރައިން ޖަނާހްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޗެއަރޕަރަސަން ނޫރައިން ވިދާޅުވީ ރާއްޖޭގެ އެކި ދާއިރާތަކުގައި މިހާރުވެސް ހުނަރުވެރި ޤާބިލް ކަނބަލުން މަސައްކަތްކުރައްވާކަމަށެވެ. ނަމަވެސް އަންހެނުންގެ ބައިވެރިވުން އެއަށްވުރެ އިތުރުކުރުމަށް ފިރިހެނުންނާއި، މުޅި މުޖްތަމައުގެ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވިއެވެ.
"މި ސަމިޓްގައި އަޅުގަނޑު ފާހަގަކޮށްލާނީ އިންޓަރނޭޝަން އެޖެންސީތަކުން ވަރަށް ސަޕޯޓްލިބިގެން އެބޭފުޅުންގެ ފަރާތުންވެސް އެކްސްޕީރިއެންސް [ތަޖުރިބާ] އަދި ނޮލެޖް ލިބިގެން ދިވެހިރާއްޖޭގެ ސިޔާސަތުތަކަށް ބަލައިގެން ދިވެހި އަންހެނުންގެ ސަގާފަތާއި ގޮތްތަކާއި އަންހެން ބޭފުޅުން ކުރިއަރާފައިވާ ގޮތްތަކަށް ބަލައިގެން ކުރިއަށް ގެންދިޔުން މުހިންމުކަން. މި ސަމިޓްތަކުގެ މުހިންމުކަމަކީ އެ ނެޓްވޯކް ލިބިގެން މިފަދަ ފޯރަމްތަކަށް އައިސްގެ ދެކެވޭ ވާހަކަތަކަށް ނުވުން." މޯލްޑިވަސް އެއަރޕޯޓް ކޮންޕެނީ ލިމިޓެޑްގެ ޗެއަރޕަރސަން އައިޝާ ނޫރައިން ވިދާޅުވިއެވެ.
"ދިވެހި އަންހެންނަކީ މިހާރުވެސް ބާރުވެރިވަމުން އަންނަ ބައެއް. އަންހެނުންގެ ދައުރު ފުޅާކުރުމަށް އިތުރު ފުރުސަތުތައް އިތުރުކުރަންޖެހޭ. ފުރުސަތުތަކާއި އެއްބާރުލުން ޗެމްޕިއައިން ވުމެންގެ ގޮތުގައި ގެންދަންޖެހެނީ. އެމްޕަރ ވަރަށް ގިނަ ބޭފުޅުން އެބަ އުޅުއްވާ އެކި ދާއިރާގައި މަތީ ފެންވަރަށް ކިޔަވާގެން އެކްޕީރިއެންސް ހުރި ބޭފުޅުން. އެބަލަންޖެހޭ އެދާއިރާގެ އެންމެ ކުރިއަށް ގެންދެވޭނީ" ނޫރައިން ވިދާޅުވިއެވެ.
މި ސަމިޓްގައި ސަލާމަތީ އަދި ޤާނޫނީ ތަންފީޒީ ދާއިރާއިން 50އަށްވުރެ ގިނަ ފަރާތުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ސެކިއުރީ އެންޑް ލޯ އެންފޯސްމަންޓްގައި ރާއްޖޭގައި މަސައްކަތްކުރާ 7 އިދާާރާއަކާއި ބައިނަލްއަޤްވާމީ އެކި އިދާރާތަކާ ޤައުމުތައް ހިމެނޭހެން 10 ޕާޓްނަރުންވެސް ބައިވެރިވިއެވެެ. ޕީއެސްއެމްނިއުސްއާއި ވާހާކަދައްކަމުން މި ސަމިޓުގެ ބައިވެރިންވަނީ މި ސަމިޓުގެ މުހިންމުކަމާއި، އަންހެނުންގެ ދައުރު ފުޅާކުރުމަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަންނާނޭ ގޮތުގެ މުހިންމު މައުލޫމާތު ތަކެއް ލިބިގެންދިޔަކަން ފާހަގަކުރައްވާފައެވެ.
މި ސަމިޓްގައި މި ދާރާއިގައި ހަރަކަތްތެރިވާ އަންހެން ފުލުހުންނާއި ތަންފީޒީ އިދާރާތަކުގައި މަސައްކަތްކުރާ އަންހެނުންނާއި، އެހެނިހެން އިދާރާތަކުގައި މަސައްކަތްކުރާ އަންހެން ބޭފުޅުންގެ މަސައްކަތްތެރިކަމުގެ ހުނަރުތައް ތަރައްޤީކުރުމާއި އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަމަށް ޙައްލު ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި މި ސަމިޓުގައި ތަޙުޤީގުކުރުމާއި ޓެކްނިކަލް ދާއިރާތަކާއި އިންޓެލިޖެންސްގެ ދާއިރާއިން ސެޝަންތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެއިތުރުން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި އިދާރާތަކުގެ މަސައްކަތުގެ ތަޖުރިބާއާ ހުނަރުތައް ޙިއްސާކޮށް ތަރައްޤީކުރުމާ ގުޅޭގޮތުންވެސް ސެޝަންތައް ކުރިއަށްގެންގޮސްފައިވެއެވެ.