މާލޭގައި ދެ މީހެއްގެ މެދުގައި މާރާމާރީއެއް ހިނގައި، އޭގެ ތެރެއިން އެކަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މިރޭ 7:11 ހާއިރު މި މާރާމާރީ ހިނގާފައިވަނީ އަސުރުމާ ގޯޅިގައިކަމަށާއި، މާރާމާރީ ހިނގީ ބިދޭސީ ދެ މީހެއްގެ މެދުގައިކަމަށެވެ. އަދި އެ ދެ މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި، އޭގެ ތެރެއިން އެކަކުގެ ބޯ ފަޅައިގެން ގޮސްފައިވުމުން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އެ މުޢައްސަސާއިން އިތުރަށް ތަހުގީގުކުރައްވަމުން ގެންދަވާކަމަށެވެ.