ޚަބަރު

އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގްގެ ޗެމްޕިއަންކަން ކޮމަންޑޫ އެސް.ޑީ.އެމް.ޒީ އެން.ޖީއަށް


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގް 2025 ގެ ޗެމްޕިއަންކަން ށ. ކޮމަންޑޫ އެސް.ޑީ.އެމް.ޒީއެން.ޖީ އިން ހޯދައިފިއެވެ.

އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގް 2025 މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން އަމިއްލަ އަތޮޅާއި ރަށް ތަމްސީލުކުރުމުގެ ފުރުސަތު ކުޅުންތެރިންނަށް ހޯދައިދިން ފުރަތަމަ އީސްޕޯޓްސް މުބާރާތެވެ.

މުޅިން އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި މުބާރާތުގައ ކުޅެފައިވަނީ ޕަބްޖީ މޮބައިލް ގޭމެވެ. 16 އަތޮޅޭއްގެ 35 ރަށުން 49 ޓީމް ބައިވެރިވި މި މުބާރާތުގައި 294 ކުޅުންތެރިން ވާދަކުރިއެވެ.

2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓަސް ގައި ބޭއްވި ރަސްމިއްޔާތު ވަނަ ވަނައަށް ދިޔަ ޓީމްތަކާއި އެ ރަށްރަށުގެ ކައުންސިލުން ވަނީ ބައިވެރިވެފައެވެ.


އުރީދޫ ނޭޝަން އަތޮޅު އީސްޕޯޓްސް ލީގް 20251 ވަނަ ހޯދި ކޮމަންޑޫ އެސްޑީއެމްޒެޑް އެންޖީއަށް އިނާމަކަށް ދީފައިވަނީ 25،000 ރުފިޔާ ދީފައެވެ. 2 ވަނަ ހޯދީ ފުވައްމުލައް ސިޓީ އޭކޭޒެޑެވެ. އެ ޓީމަށް ދީފައިވާ އިނާމަކީ 12،000 ރުފިޔާއެވެ. 3 ވަނަ ހޯދީ ލ. ފޮނަދޫ ޑީއެމްޒެޑެވެ. 3 ވަނަ އިނާމަކަށް ދީފައިވަނީ 6،000 ރުފިޔާއެވެ. 4 ވަނަ ހޯދީ ޓީމް ބީ ކުޑަރިކިލެކެވެ. 4 ވަނައަށް ދީފައިވާ އިނާމަކީ 3،000 ރުފިޔާއެވެ.

މުޅި މުބާރާތުގެ މޯސްޓް ވެލިއުބަލް ޕްލޭޔާ (އެމްވީޕީ)ގެ މަގާމު ހޯދީ ފުވައްމުލަކު ސިޓީ އޭކޭޒެޑްގެ މާނެވެ. މޯސްޓް ވެލިއުބަލް ޕްލޭޔާއަށް ދިން އިނާމަކީ 4000 ރުފިޔާއެވެ.

މި ލީގްގެ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަކީ ދިވެހި ގޭމިން ކޮމިއުނިޓީއަށް ބާރުވެރިކަން ހޯދައިދިނުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގައި ވަރަށް މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ. އަދި މިއީ މުޅި ރާއްޖޭއަށް ހުޅުވާލައިގެން ފުރަތަމަ އޮންލައިން މުބާރާތުގައި 16 އަތޮޅެއްގެ ކުޅުންތެރިން އެމީހަކު ތިބިތަނަކުން ކުޅެ އަމިއްލަ ރަށް ތަމްސީލު ކުރުމުގެ ފުރުސަތު ލިބިގެންދިޔަ މުބާރާތެއް ކަމަށެވެ.

މި ލީގް ކާމިޔާބުކަމާއެކު ނިންމާލުމާއެކު، އުރީދޫ މޯލްޑިވްސްއިން ދަނީ ޑިޖިޓަލް ލައިފްސްޓައިލް ކުރިއަރުވައި، ދިވެހި ހުނަރުވެރިން ކުރިއަރުވައި، ބައިނަލްއަޤްވާމީ އީސްޕޯޓްސް ސްޓޭޖަށް ރާއްޖެ ގެނައުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ވަރުގަދަވަމުންކަމަށް އުރީދޫއިން ބުނެއެވެ.