ހުޅުމާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް ކުުރާ މަސައްކަތުގެ ދަށުން މިދިޔަ މަހު ހުޅުމާލެއިން ދެހާހަށްވުރެ ގިނަމީހުން ހުއްޓުވައި ސުވާލުކުރިއިރު، އޭގެތެރެއިން 1400އަށްވުރެ ގިނަ މީހުންނަކީ ކުށުގެ ރެކޯޑު އޮތް މީހުންކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފާއިތުވި ސެޕްޓެންބަރު މަހު ހުޅުމާލެ ޕޮލިހުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ.
ހުޅުމާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފާއިތުވި ސެޕްޓެންބަރު މަހު ހުޅުމާލެ ޕޮލިހުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބުގައިވާގޮތުން، މިދިޔަ މަހު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރި 153 އެއްޗެއް ވަނީ ހޯދާފައެވެ. ފުލުހުން ހޯދި ތަކެތީގެ ތެރޭގައި މޯބައިލް ފޯނާއި ސައިކަލާއި ފައިސާ ހިމެނެއެވެ. އެގޮތުން އެންމެ ގިނައިން ހޯދީ މޯބައިލް ފޯނެވެ. 21 މޯބައިލް ފޯނު ހޯދާފައިވާއިރު، އެތަކެތީގެ އަގު 89،900 ރުފިޔާއަށް އަރައެވެ. އަދި 10 ސައިކަލު ހޯދާފައިވާއިރު، އިލެކްޓްރޯނިކް ސާމާނާއި އެނޫންވެސް ބައެއް ތަކެތި ފުލުހުން ހޯދާފައިވެއެވެ.
• 21 މޯބައިލް ފޯނު: 89،900 ރުފިޔާ
• 10 ސައިކަލު: 399،000 ރުފިޔާ
• ފައިސާ: 57،679 ރުފިޔާ
• 11 އިލެކްޓްރޯނިކްސް: 12500 ރުފިޔާ
• 111 އެހެނިހެން ތަކެތި: 64،840 ރުފިޔާ
ހުޅުމާލޭގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފާއިތުވި ސެޕްޓެންބަރު މަހު ހުޅުމާލެ ޕޮލިހުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބު pic.twitter.com/M7AMbQg7sN
— Maldives Police (@PoliceMv) October 3, 2025
މިދިޔަ މަހު ހުޅުމާލެ ފްރޮންޓް ލައިންގައި ހަރަކާތްތެރިވި ފުލުހުންގެ މަސައްކަތާ ގުޅޭ ބައެއް ތަފާސްހިސާބުތަކުގައި ވާގޮތުން، މިދިޔަ މަހު ފުލުހުން ވަނީ ހުޅުމާލޭގެ 25103 ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ. އޭގެތެރޭގައި 1011 ގަޑިއިރާއި 19 މިނެޓު ވަންދެން ހުޅުމާލެ ތެރެ ފައި މަގުގައި ޕެޓްރޯލްކޮށްފައިވެއެވެ.
މީގެ އިތުރުން 2354 މީހަކު ހުއްޓުވައި ފުލުހުން ވަނީ ސުވާލުކޮށްފައެވެ. އޭގެތެރޭގައި ކުށުގެ ރިކޯޑު އޮތް 1490 މީހުންނާއި ރިކޯޑު ނެތް 855 މީހުންނެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރައްވައެވެ. އެގޮތުން މަގުމަތީގެ ޓްރެފިކް ބެލެހެއްޓުމަށް އެކި އޮޕަރޭޝަންތައް ކުރިއަށްގެންދިއުމާއި ކުށްކުރާ ގުރޫޕުތަކުގެ ހަރަކާތްތައް މޮނިޓަރކޮށް، ކުށްމަދު އަމާންތަނަކަށް ހެދުމަށް ކުރާ މަސައްކަތްތައް ހިމެނެއެވެ.