ޚަބަރު

ރަދޭޔާ އާއި ބެންބްލެކް އަދި ސަބަރީޝް އަންނާނީ ބޮޑުފޮޅުދޫއަށް


އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހު ރާއްޖެ އައުމަށަ ހަމަޖެހިފައިވާ އިނގިރޭސިވިލާތާއި އިންޑިއާގެ މަޝްހޫރު ފުޓްބޯޅަ އިންފުލުއެންޒަރުން ޒިޔާރަތް ކުރަން ހަމަޖެހިފައިވާ ރަށް ބަދަލުވެއްޖެއެވެ.

ދުނިޔޭގެ މަގުބޫލު ފްރީސްޓައިލަރ އިނގިރޭސިވިލާތުގެ ރަދޭޔާ އާއި، އެ ގައުމުގެ މަޝްހޫރު ފުޓްބޯލް އިންފުލިއެންޒާ ބެން ބްލެކް އަދި އިންޑިއާގެ ސްޓްރީޓް ފުޓްބޯލަރ ސަބަރީޝް ރާއްޖެ އައުމަށް ހަމަޖެހިފަަިވާއިރު ކުރިން މި ތަރިން ދިއުމަށަ ހަމަޖެހިފައި އޮތީ އދ ދަނގެއްޗަށެވެ.

އެހެންނަމަވެސް އެ ދުވަސްކޮޅަކީ ރައީސުލްޖުމްހޫރިއްޔާ ދަނގެއްޗަށް ދަތުރުފުޅެއް ކުރައްވާ ދުވަސްވަރެއްކަމުން މި ތަރިން އަންނާނީ އއ. ބޮޑުފޮޅުދޫއަށެވެ. ބޮޑުފޮޅުދޫ ކައުންސިލުންވަނީ އެކަން އިއުލާނުކޮށް އެތަރިންނަށް މަރުހަބާކިއުމަށް ރަށް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފަައެވެ.

ސޯޝަލް މީޑިއާގައި ބޮޑު ތަރުހީބެއް އޮންނަ މަޝްހޫރު މި ތިން ތަރިން ރާއްޖެއައުމަށްފަހު ފުޓްސަލް އަދި ފުޓްބޯޅައިގެ ހާއްސަ ހަރަކާތްތަކެއް އއ. ބޮޑުފޮޅުދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ކުޑަކުދިންނަށް ހާއްސަ ސެޝަންތަކާއި ފުޓްސަލް މެޗުތަކާއި ސްކިލް ޝޯތައް ބޮޑުފޮޅުދޫގައި ބާއްވާނެއެވެ.

ބޮޑުފޮޅުދޫގައި ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ ފުޓްސަލްތަރިންނާއި މި 3 ތަރިންނާއި ބައްދަލުކުރުމާއި ފޮޓޯ ނެގުމާއި އުފާވެރިވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު އާމުންނަށް އޮންނާނެ ކަމަށް މިކަން އިންތިޒާމުކުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމް ކުރިއަރުވާ މަޝްހޫރު ކޮންޓެންޓް ކްރިއޭޓަރ މުހައްމަދު ނައުޝާދު ބުންޏެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ވިޒިޓް މޯލްޑިވްސްގެ ލޯކަލް އެމްބެސެޑަރ ނައުޝާދު ބުނީ މި ތިން ތަރިން ރާއްޖޭގައި 4 ދުވަސް ހޭދަކުރާނެ ކަމަށެވެ. މިއީ ބޮޑުފޮޅުދޫ ކައުންސިލާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ކުރިޔަށް ގެންދާ ހަރަކާތެއްކަމަށްވެސް އޭނާ ބުންޏެވެ.