ޚަބަރު

ތޮއްޑޫ ރިދަން އެކެޑަމީ ޗެމްޕިއަންޝިޕް: ހުރިހާ އުމުރުފުރައެއްގެ ޗެމްޕިއަންކަން އޮޑި ސްޕޯޓްސްއަށް


ތޮއްޑޫ ރިދަން އެކެޑަމީ ޗެމްޕިއަންޝިޕް 2025 ގެ ނަމުގައި އއ. ތޮއްޑޫގަައި ބޭއްވި ފުޓްބޯޅަ މުބާރާތުގެ ހުރިހާ އުމުރުފުރައެއްގެ ޗެމްޕިއަންކަން އޮޑި ސްޕޯޓްސް އެކެޑަމީން ހޯދައިފިއެވެ.

ސެޕްޓެމްބަރު 18-26 ގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތަކީ 10 އަހަރުން ދަށް، 13 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އުމުރުފުރާތަކުގެ ކުދިންނަށް ހާއްސަ މުބާރާތެކެވެ.

މި ހުރިހާ އުމުރުފުރައެއްގެ ޗެމްޕިއަން ތަށި އުފުލާލީ އޮޑި އެކަޑަމީގެ ޓީމުތަކުންނެވެ.

16 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން އޮޑިން ހޯދީ ފައިނަލްގައި 3-0 ން ތޮއްޑޫ ރިދަން އެކަޑަމީ ބަލިކޮށްގެންނެވެ. 14 އަހަރުން ދަށުގެ ޗެމްޕިއަންކަން އޮޑިން ހޯދީ 1-0 ގެ ނަތީޖާއަކުން މާޒިޔާ ބަލިކޮށްގެންނެެވެ.

12 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން އޮޑިން ހޯދީ ޕެނަލްޓީޖަހައިގެން 4-3 ގެ ނަތީޖާއަކުން އެޑްވެންޗަރ އެކަޑަމީ ބަލިކޮށްގެނެވެ. މީގެ އިތުރުން 10 އަހަރުން ދަށުގެ ޗެމްޕިއަންކަން އޮޑިން ހޯދީ 3-0 ން އެޑްވެންޗަރ އެކަޑަމީ ބަލިކޮށްގެންނެވެ.

މި މުބާރާތުގައި ވާދަކުރީ ތޮއްޑޫ ރިދަން އެކަޑަމީ، ރަސްދޫ އެކަޑަމީ، ދަރަނބޫދޫ ޙައިރް އެކަޑަމީ، ކާށިދޫ އެމްޖީ އެކަޑަމީ، އައްޑޫ ސެޑޭ އެކަޑަމީ، މާފުށި ނިއުސްޓަރ އެކަޑަމީގެ އިތުރުން މާލޭގައި ހިންގާ އެކަޑަމީތަކުންނެވެ. އޭގެތެރޭގައި އޮޑި އެކަޑަމީ، މާޒިޔާ އެކަޑަމީ، އެފްއެފްއެފްއޭ އެކަޑަމީ، އެމްއެސްއެމް އެކަޑަމީ، އެޑްވެންޗަރ އެކަޑަމީ، ބީޖީ އެކަޑަމީ ހިމެނެއެވެ.

މިއީ ތޮއްޑޫގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ފުޓްބޯޅަ ފިއެސްޓަރއެވެ. މިދިޔަ އަހަރުވެސް ތޮއްޑޫގަައި މި މުބާރާތް ބޭއްވިއެވެ. މިދިޔަ އަހަރު އޮތީ ހަމައެކަނި 16 އަހަރުން ދަށުގެ އުމުރުފުރައަށެވެ.