ތ. ގާދިއްފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފަށައިފިއެވެ.
ގާދިއްފުށީގައި އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ގާދިއްފުށި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅާ ދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބުދުالله ރާފިޢު އާއި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓ) އަޙުމަދު ސަޢުދީއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން 4005 އަކަފޫޓުގެ ސަރަހައްދެއްގައި ބިންގަނޑު ކޮނުމާއި މޭޝިނަރީގެ މަސައްކަތާއި ކޮންކްރީޓް މަސައްކަތާއި ފުރާޅު ހަރުކޮށް ދަވާދުލުމުގެ މަސައްކަތް އެ ކުންފުނިން ކުރިޔަށް ގެންދާނެ ކަމަށެވެ. މީގެ އިތުރުން ބޭރުފަރުމާކުރުންވެސް ހިމެނެއެވެ.
މިއީ 5.43 މިލިއަން ރުފިޔާއަށް 240 ދުވަހުގެތެރޭގައި ނިންމުމަށް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ސަބަބުން ގާދިއްފުށީ ރައްޔިތުންނަަސް ސިއްހީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގިނަ ފައިދަަތަކެއް ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.