ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު، އިބްރާހީމް އިފްރާޙް ޢަރީފް ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރެއްގެ ގޮތުގައި މަޤްބޫލުކަން ހޯދި ހުނަރުވެރި ކުޅުންތެރިޔާ އިބްރާހީމް އިފްރާޙް ޢަރީފް ނިޔާވުމުގެ ހިތާމައިގާ މަރްޙޫމުގެ ޢާއިލާއަށް އަދި ދިވެހި ފުޓްބޯޅައަށް ލޯބިކުރައްވާ ހުރިހާ ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވާކަމަށެވެ. ރައީސްގެ މެސެޖުގައި ވަނީ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް އެދި ދުޢާ ދަންނަވާފައެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
— Dr Mohamed Muizzu (@MMuizzu) September 26, 2025
ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރެއްގެ ގޮތުގައި މަޤްބޫލުކަން ހޯދި ހުނަރުވެރި ކުޅުންތެރިޔާ އިބްރާހީމް އިފްރާޙް ޢަރީފް ނިޔާވުމުގެ ހިތާމައިގާ މަރްޙޫމުގެ ޢާއިލާއަށް އަދި ދިވެހި ފުޓްބޯޅައަށް ލޯބިކުރައްވާ ހުރިހާ ރައްޔިތުންނަށް… pic.twitter.com/JjosQ4F84S
އިބްރާހީމް އިފްރާޙް ޢަރީފް ނިޔާވެފައިވަނީ ސްޓްރޯކެއް ޖެހިގެން އޭޑިކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. ނިނާވީއިރު އޭނާގެ އުމުރަކީ 36 އަހަރެވެ.
އިފުރާގެ ފުޓްބޯޅަ ކެރިއަރު ކުލަބް ވެލެންސިއާއިން ފަށާފައިވާއިރު، އޭނާގެ ކުޅުން އެންމެ ބޮޑަށް ފާހަގަ ވެގެން ގޮސްފައިވަނީ މާޒިޔާއިންނެވެ.
ރާއްޖޭގެ 19 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަންވެސް ކޮށްފައިވާ އިފުރާހް ވަނީ 23 އަހަރުން ދަށުގެ ގައުމީ ޓީމާއެކު ސައުތު އޭޝިއަން ގޭމްސް އާއި އޭޝިއަން ގޭމްސްގެ އިތުރުން އޮލިމްޕިކް ކޮލިފައިންގައިވެސް ވާދަކޮށްފައެވެ.