ޚަބަރު

ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތާ ގުޅިގެން ކުޅުދުއްފުށި ސިޓީގައި ކަލްޗަރަލް އިވެންޓެއް


ފުރަތަމަ ފަހަރަށް ބާއްވާ ކޮމަންވެލްތު ބީޗް ހޭންޑްބޯޅަ މުބާރާތާ ގުޅިގެން ކުޅުދުއްފުށި ސިޓީގައި ސަގާފަތާ ގުޅުވައިގެން މަސައްކަތްތެރިންގެ މައުރަޒެއް ކުރިއަށް ގެންގޮސްފިއެވެ.

ކުޅިދުއްފުށި ސިޓީގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ވަނީ ކުޅުދުއްފުށި ސިޓީގެ ތާރީޚާއި އާދަކާދަ އާއި ސާގާފަތާ ގުޅިގެން މުހިންމު ހަރަކާތްތަކެއް ބާއްވާފައެވެ. މި ހަރަކާތައް މުބާރާތަށް އައި އޮފިޝަލުންނާއި ޓީމުތަކުގެ ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.

ކުޅުދުއްފުށި ސިޓީގައި ގައުމީ ހޭންޑް ބޯލް ޓީމަށް ތަރުހީބު ދިނުމާއި ފޯރިނެގުމުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްދާއިރު މުޅި ސިޓީ އޮތީ މުބާރާތައް ތައްޔާރުވެފައެވެ.

ކޮމަންވެލްތުގެ ގައުމުތަކަށް ދައުވަތުދީގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 22 އަށް ކުޅުދުއްފުށި ސިޓީގައި ގާއިމުކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ބީޗް ހޭންޑްބޯޅަ ކޯޓުގައެވެ.