ރަޝިޔާގެ އިރު އުތުރުގެ އައްސޭރީގައި އޮންނަ ކަމްޗަޓްކާ ކައިރިއަށްއައި ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އިރު އުތުރު އައްސޭރި، ކަމްޗަޓްކާއަށް އައީ 7.2 މެގްނިޓިއުޑްގެ ބާރު މިނުގައެވެ.
އެސަރަހައްދަށް ބިންހެލުން އައިސްފައިވަނީ މިއަދު ހެނދުނު ރާއްޖެ ގަޑިން ހެނދުނު 07:37 އެހާއިރުއެވެ. ބިން ހެލުން އައި ސަރަޙައްދަކީ މާލެއާ 4921 ކިލޯ މީޓަރުގެ ދުރު ސަރަޙައްދެކެވެ.
.An earthquake of Magnitude 7.2 occurred near Kamchatka, Russia. There is no direct threat to Maldives. pic.twitter.com/yHdk8lkIrV
— Maldives Meteorology (@MetMaldives) September 13, 2025
ރޮއިޓަސް ވާގޮތުން ރަޝިޔާގެ ކަމްޗަޓްކާ ސަރަހައްދުގެ އިރުމަތީ އައްސޭރިފަށަށް ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު އަޑިއަށް ކަމަށް ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޮސައިންސަސް އިން ބުނެފައިވެއެވެ.
މީގެ އިތުރުން ޕެސިފިކް ސުނާމީ ވަރނިންގ ސިސްޓަމުން ބުނެފައިވަނީ ބިންހެލުމުގެ ސަބަބުން ސުނާމީ އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.