ޚަބަރު

18/30 ކްލެސިކް: އެމްއޭސީއެލް، ޕްރިޒަން، ސްޓެލްކޯ އަދި ހެލްތު ސެމީއަށް


ކްލަބް މޯލްޑިވްސް 2025 އެއިޓީން ތާޓީ ކްލެސިކް މުބާރާތުގެ ސެމީ ފައިނަލުން ސްޓެލްކޯ ރެކްރިއޭޝަން ކުލަބު، ޕްރިޒަން ކުލަބު، ހެލްތު ރެކްރިއޭޝަން ކުލަބު އަދި ޓީމު އެމްއޭސީއެލް ޖާގަ ހޯދައިފިއެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުތަކަށް ބަލާއިރު، އެމްއޭސީއެލް އިން ވަނީ 10-0 އިން ޓީމު ބަދަހި ބަލިކޮށްފަ އެވެ. ސްޓެލްކޯ އިން 1-0 އިން އެސްޓީއޯ ރެކްރިއޭޝަން ކްލަބްގެ މައްޗަށް ކުރިހޯދިއިރު، ޕްރިޒަން އިން ހުޅުމާލެ ހޮސްޕިޓަލް ބަލިކުރީ 3-0 އިންނެވެ. އަދި، ހެލްތުން ވަނީ 4-1 އިން ކުޅިވަރު ވުޒާރާ ކްލަބް ބަލިކޮށްފަ އެވެ.

މި މުބާރާތުގައި ސެމީގައި ވާދަކުރާ ޓީމު ތަކުގެ ތެރެއިން ސްޓެލްކޯ ފިޔަވާ އަދި އެއްވެސް ޓީމެއް މުބާރާތުން ބަލިވެފައެއް ނުވެއެވެ. މުބާާރާތުގެ ސެމީ ފައިނަލް މެޗުތައް އޮތީ ހޮނިހިރު ދުވަހުގެރޭއެވެ. ފުރަތަމަ ސެމީގައި، ޕްރިޒަން އާއި ހެލްތު ކުޅޭއިރު، ދެވަނަ ސެމީގައި އެމްއޭސީއެލް އިން ސްޓެލްކޯއާ ބައްދަލުކުރާނެ އެވެ.