އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވޮލްވްސް އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ސިޓީ މޮޅުވެއްޖެ އެވެ.
ވޮލްވްސްގެ މޮލިނޮކްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ކޯޗު ޕެޕް ގަޑިއޯލާ ވަނީ އެ ޓީމާއި އަލަށް ގުޅުނު ތިޖާނީ ރޭންޑިއާސް އަށް ފުރަތަމަ ޓީމުން ފުރުސަތު ދީފަ އެވެ. ރޭންޑިއާސްގެ ވަނީ މި މެޗުގައި ސިޓީން ޖެހި ތިން ލަނޑުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
މި މެޗުގެ 34 ވަނަ މިނިޓުގައި އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ މެންޗެސްޓަރ ސިޓީ އަށް ކުރި ހޯދަދީފަ އެވެ.
ބޮޑު މުބާރާތެއް ކާމިޔާބު ނުކުރެވި މިދިޔަ ސީޒަން ނިންމާލި މެންޗެސްޓަރ ސިޓީ އިން ލީގުގެ ފުރަތަމަ މެޗުގައި ރަގަޅު ކުޅުމެއް ދައްކާފަ އެވެ.
ތިޖާނީ ރޭންޑާރސް ވަނީ ސިޓީން އިން ލީޑު ނެގިތާ ތިންވަނަ މިނިޓުގައި އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 16 ވަނަ މިނިޓުގައި ރޭންޑާސްގެ އިތުރު އެސިސްޓަކުން ރިޗާލިސަން ވަނީ ލަނޑެއް ޖަހާފަ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް ރަޔާން ޗާރކީ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.