ކުޅިވަރު

ގައުމީ އެތުލެޓިކްސް މުބާރާތް: ދެ ތަށިވެސް ޓްރެކް އެންޑް ފީލްޑަށް


މާލޭ އެކުވެނި ދުވާ ޓްރެކުގައި ކުރިއަށްދިޔަ 34 ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަންކަން ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ހޯދައިފިއެވެ.

މި އަހަރުގެ މުބާރާތުގައި ޓްރެކް އަދި ފީލްޑް އިވެންޓުތަކުގައި އެ ކުލަބުން ވަނީ ތަފާ ތުދައްކާފައެވެ. ފިރިހެން ބައިގެ ދެވަނަ ޓީމަކަށް ހޮވުނީ ހުސްވި އަހަރު ތަށި ހޯދު ސިފައިންގެ ކުލަބެއެވެ. ސިފައިންނަށް މިފަހަރު ތަށި ގެއްލުނީ 11 ޕޮއިންޓުގެ ފަރަގަކުންނެވެ. ފިރިހެން ތިންވަނަ ޓީމަކީ ހދ. ކުޅުދުއްފުށީގެ ޝަރީފް ސްޕޯޓްސްއެވެ.

މުބާރާތުގެ އަންހެނުންގެ ބައިގެ ދެވަނަ ހޯދީ މިފަހަރު މުބާރާތުގައި ތަފާތު ދެއްކި ކަސްޓަމްސް ރެކްރިއޭޝަން ކުލަބެވެ. ތިންވަނަ ހޯދީ ސާއިދު ސްޕޯޓްސް ކުލަބެވެ.

ގައުމީ އެތުލެޓިކިސް މުބާރާތުގެ އަންހެން އަދި ފިރެހެން ޗެމްޕިއަންކަން ހޯދާފަވަނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުންނެވެ. މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓަކީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބުގެ އައިޝަތު ސައިމް އަޒީޒްއެވެ. އެންމެ މޮޅު ފިރިހެން އެތުލީޓަކީ ދިވެހި ސިފައިންގެ ކުލަބު ހަސަން ޝަންމޫންއެވެ.

މިއަހަރުގެ މުބާރާތުގައި ރާއްޖެގެ 20 ކުލަބަކުން 204 އެތުލީޓުން ވަނީ ވާދަކޮށްފައެވެ. އަދި މިއަހަރު މުބާރާތުގައި ވަނީ މުޅިން އަލަށް ޕެރަ އެތުލީޓުންނަށް ހާއްސަ އިވެންޓުތަކެއް ބާއްވާފައެވެ. އެގޮތުން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން ވަނީ މިހައަހަރު މިބައިގަ ވާދަކޮއްފައެވެ.