ނޫސްވެރިކަމުގެ އިނާމަށް އަހަރު 92 ހުށަހެޅުން ލިބިފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ނޫސްވެރިކަންކުރާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، ހިތްވަރު ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ މި އިނާމަށް، 14 ދާއިރާއަކުން ކުރިމަތުލުމުގެ ފުރުޞަތު ހުޅުވާލިއެވެ.
* ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ
* އިޖުތިމާއީ ދާއިރާ
* ސިޔާސީ ދާއިރާ
* ޝަރުއީ ދާއިރާ އާއި ގާނޫނީ ދާއިރާ
* ވިޔަފާރި އާއި އިގުތިސާދީ ދާއިރާ
* ކުޅިވަރުގެ ދާއިރާ
* ފޮޓޯ ޖަރނަލިޒަމްގެ ދާއިރާ
* ޑޮކިއުމަންޓްރީގެ ދާއިރާ
* ފީޗާ ރިޕޯޓުގެ ދާއިރާ
* ލައިފްސްޓައިލާއި، މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
* ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ
* އުންމީދީ ނޫސްވެރިޔާގެ އިނާމު
* އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
* ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު
މީޑިއާ ކައުންސިލުން ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާއިން އިނާމު ދިނުމުގެ މަޤުޞަދުތަކުގެ ތެރޭގައި ދިވެހި ނޫސްވެރިންނަށް ހިތްވަރުދިނުމާއި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމާއި ނޫސްވެރިކަމުގެ ފަންނުގައި ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑު ހިފެހެއްޓުމަށާއި އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބާރުއެޅުން ހިމެނޭ ކަމަށެވެ.
ނޫސްވެރިކަމުގެ އެކި ދާއިރާތަކުން ހޮވޭ ފަރާތްތަކަށް ކޮންމެ އަހަރަކުވެސް މީޑިއާ ކައުންސިލުން އިނާމުދެއެވެ. އެގޮތުން ކުރީ އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރު އިނާމު ދޭނީ މިދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށެވެ.
އެމްއެމްސީން އަންނަނީ 2014ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ނޫސްވެރިކަމުގެ އިނާމު ދެމުންނެވެ.