މަޝްހޫރު ކުރެހުންތެރިޔާ ޢަބްދުﷲ ފާއިޒްގެ އާޓް އެގްޒިބިޝަން "އިޙްސާސް"، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.
ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދާ މި މަޢުރަޒަކީ، ޢަބްދުالله ފާއިޒް، ދިވެހިރާއްޖޭގެ އާސާރީ ތަންތަނާއި، އެހާރާއި މިހާރުގެ ދިރިއުޅުން ދައްކުވައިދޭ ކުރެއްހުންތައް ދައްކާލުމަށް ކުރިއަށްގެންދާ މަޢުރަޒެކެވެ. ރާއްޖެއާއި ރާއްޖޭގެ އަވަށްޓެރި ބައެއް ޤައުމުތަކުގެ ކުރެހުންތައްވެސް މިމަޢުރަޒުގައި ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މަޢުރަޒުގެ ކުރެހުންތައް ބައްލަވާލައްވައި މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
މިމަހުގެ 6 އިން 16 އަށް ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްގެންދާ މި މަޢުރަޒުގައި ފަންސާސް ކުރެހުން ވަނީ ހިމަނާފައެވެ.
ފަންނުވެރިންނަށް މިމަޢުރަޒުން ކުރިއަށް ދިޔުމަށް އިތުރު ހިތްވަރެއް ލިބި ރާއްޖޭގެ ފަންނުވެރިކަމުގެ ދާއިރާ ކުރިއަރައިގެންދިޔުމަށް އުއްމީދުކުރައްވާކަމަށް ޢަބްދުﷲ ފާއިޒްވަނީ ވިދާޅުވެފައެވެ.