28 ވަނަ އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް 2025 އާއި 6 ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ކުޅުންތެރިން ހޮވުނަށަ ބާއްވާ ސިލެކްޝަނުގައި ވާދަކުރާ ކުޅުންތެރިން އިއުލާނުކޮށްފިއެވެ.
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަދު އިއުލާނުކޮށްފައިވާ ލިސްގައިވާގޮތުން ސިލެކްޝަނުގައި ވާދަކުރާ ސީނިއާ އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ފާތިމަތު ދީމާ އަލީ، މިޝްކާ މުހައްމަދު އިބްރާހިމް، އައިޝަތު އަލްސާ ނާފިޒު، އައިޝަތު މަލަކް ތަސްނީން، އައިޝަތު ޒާރާ ޝާހިލް، އައިޝަތު ރަފާ ނާޒިމް، ލައިސާ ފަތުހުالله އިސްމާއިލް އަދި މިންހާ މަހްޖޫބް ޝުޖާއުއެވެ.
ސިލެކްޝަނުގައި ވާދަކުރާ ސީނިއާ ފިރިހެން ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ މޫސާ މުންސިފް އަހުމަދު، މުަހައްމަދު ޝައްފާން އިސްމާއިލް، އަޚްޔަރް އަހުމަދު ޚާލިދު، މުަހައްމަދު ޒީސްތް ނަސީމް، މުހައްމަދު ޚަލަފް ރާފިއު، އަންވަރު އިބްރާހިމް ލަތީފް އަދި އިބްރާހިމް އައުޒަމް އަޒީމެވެ.
މީގެ އިތުރުން ޓީޓީ އެސޯސިއޭޝަނުން ވަނީ އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖެއިން ވާދަކުރާ ކުޅުންތެރިން ހޮވުމަށް ބާއްވާ ސިލެކްޝަނުގައި ވާދަކުރާ ކުޅުންތެރިންވެސް އިއުލާނުކޮށްފައެވެ. އޭޝިއަން ޔޫތް ގޭމްސް 2025 ގައި ރާއްޖެ ތަމްސީލުކުރާނެ ކުޅުންތެރިންނަކީ ހޮވުމަށަ ބާއްވާ ސިލެކްޝަނުގައި ވާރަކުރާނީ އަލްޔާން އަލީ ނިޝާމް، މުހައްމަދު އައިދު ބިން ޝަރަފުއްސަދާތު، މުހައްމަދު އާލް އިމްރާމް އަދި މުހައްމަދު ޚަލަފް ރާފިއުއެވެ. ސިލެކްޝަން މެޗުތައް އޮންނާނީ 7 އޮގަސްޓުންފެށިގެންނެވެ.
އޭޝިއަން ޗެމްޕިއަންޝިޕް އޮންނާނީ އޮކްޓޫބަރުގައި އިންޑިއާގައެވެ. އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އޮންނާނީ ނޮވެމްބަރުގައި ސައުދީ އަރަބިއްޔާގައެވެ. އޭޝިއަން ޔޫތު ގޭމްސް އޮންނާނީ އޮކްޓޫބަރުގައި ބަހްރެއިންގެ މަނާމަގައެވެ.