ޚަބަރު

50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު އުލްޔާ މުގުރާލައިފި


އަންހެނުންގެ ޝޯޓްކޯސް 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ގައުމީ ރިކޯޑު އައިޝަަތު އުލްޔާ ޝާއިޤު މުގުރާލައިފިއެވެ.

އޮސްޓްރޭލިއާގައި ކުރިއަށްދިޔަ 2025 ހެންކޮކް ޕްރޮސްޕެކްޓިންގ ވެސްޓަރން އޮސްޓްރޭލިއާ ޝޯޓްކޯސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް އުލްޔާ މި ރިކޯޑު އައުކޮށްފައިވަނީ 28.41 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެ ފަހުން އައުކޮށްފައިވަނީ އަމްނާ ތަޒްކިޔާ މިރުޞާދެވެ.

އެއީ ތައިލަންޑުގައި މިދިޔަ އަހަރު ކުރިއަށްދިޔަ އޭޝިއަން އޯޕަން ސްކޫލްސް އިންވިޓޭޝަނަލް (އޭ.އޯ.އެސް.އައި) ޝޯޓްކޯސް (25 މީޓަރ) އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ވާދަކޮށް 28.55 ސިކުންތުން އިވެންޓު ނިންމައިގެންނެވެ.