ރޯޔަލް އެމްބަސީ އޮފް ސައުދީ އަރަބިއްޔާ ނައިފަރު އޯޕަން 25 ބެޑްމިންޓަން މުބާރާތުގެ ނެޝަނަލްސް ކެޓަގަރީގެ މެންސް ޑަބަލްސް ފައިނަލަށް ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާރ އަދި ޚަލަފް އިމްރާން އާއި ހަސަން ޒަޔާން މުހައްމަދުގެ ޕެއަރ ދަތުރުކޮށްފިއެވެ.
ފައިނަލުން މި ދެ ޕެއަރ ޖާގަ ހޯދި މިއަދު ހަވީރު ނައިފަރު ބެޑްމިންޓަން ކޯޓުގައި ކުޅުނު ސެމީފައިނަލްގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ. މިގޮތުން ނިބާލް އާއި ޒަޔާންގެ ޕެއަރ ސެމީފައިނަލްގައި ވާދަކުރީ އަހުމަދު އަޔާން ބިން މުހައްމަދު ސޮލާހް އާއި އާދަމް މަހީން މުހައްމަދު ގެ ޕެއާރ އާއެވެ. މިމެޗު ނިބާލް އާއި ޒަޔާން ކާމިޔާބުކުރީ 21-7 21-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ދެވަނަ ސެމީގައި މުހައްމަދު ޚަލަފް އިމްރާން އާއި ހަސަން ޒަޔާން މުހައްމަދުގެ ޕެއަރ ބައްދަލުކުރީ ހޫދް ބިން ހާމިދު އާއި މުހައްމަދު އަދީމް އާދަމްގެ ޕެއަރ އާއެވެ. މިމެޗު ޚަލަފް އާއި ހަސަން ޒަޔާންގެ ޕެއަރ ކާމިޔާބުކުރީ 21-10 21-6 ންނެވެ.
ނައިފަރު އޯޕަންގެ ސޯޝަލް ކެޓަގަރީގެ މެންސް ޑަބަލްސް ސެމީފައިނަލް ދެ މެޗާއި އަންހެން ޑަބަލްސް ސެމީފައިނަލް މެޗުތައް ވެސް ވަނީ މިއަދު ހަވީރު ކުޅެފައެވެ. މިގޮތުން ސޯޝަލް ކެޓަގަރީގެ މެންސް ޑަބަލްސް ފައިނަލުން ޖާގަ ހޯދާފައިވަނީ މުމްތާޒް އިބްރާހިމް އާއި މުހައްމަދު އާމިރުގެ ޕެއަރ އާއި ހުސެއިން މައާޝް މުހައްމަދާއި ހުސެއިން އަތޫފްގެ ޕެއަރއެވެ.
މުމްތާޒް އާއި އާމިރުގެ ޕެއަރ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި ޝިފާއު އަބްދުﷲ އާއި އަހުމަދު ޒިޔާދުﷲގެ ޕެއަރގެ މައްޗަށް އުނދަގުލުން ކުރި ހޯދައިގެންނެވެ. ތިން ގޭމަށް ދިޔަ މިމެޗު މުމްތާޒް އާއި އާމިރު ކާމިޔާބުކުރީ 21-16 19-21 21-16 އިންނެވެ.
މައާޝް އާއި އަތޫފް ސެމީފައިނަލްގައި ބައްދަލުކުރީ ޔޫނުސް ކާއިފް މުހައްމަދު އާއި އިބްރާހިމް ނާޝިތުގެ ޕެއާރ އާއެވެ. މިމެޗު މައާޝް އާއި އަތޫފް ކާމިޔާބުކުރީ 21-18 21-16 އިންނެވެ.
ސޯޝަލް ކެޓަގަރީގެ ވުމަންސް ޑަބަލްސް ފައިނަލަށް ދަތުރުކޮށްފައިވަނީ އައިޝަތު ޒޯޔާ ހުސެއިން އާއި ލައިބާ އަހުމަދު މަޙްލޫފްގެ ޕެއަރ އާއި އައިޝަތު ޔޫހާ އަހުމަދާއި ޝުބާ މުހައްމަދު ޝަރީފްގެ ޕެއަރއެވެ.
ޒޯޔާ އާއި ލައިބާގެ ޕެއަރ ސެމީފައިނަލް މެޗުގައި ފަސޭހަ ކަމާއެކު މަރިޔާމް ރައޫމް ތަހަ އާއި އަނާތު މޫސާގެ ޕެއަރގެ މައްޗަށް ކުރި ހޯދި އިރު މެޗު މިމެޗުގެ ގޭމުތައް ޒޯޔާ އާއި ލައިބާ ކާމިޔާބުކުރީ 21-12 21-10 ކުންނެވެ.
ޔޫހާ އާއި ޝުބާ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި އެޓީމާ ކުޅެން އޮތް ޕެއަރގެ ކުޅުންތެރިއަކަށް ހާނިއްކަވެ ކުޅެވޭގޮތް ނުވުމުން މެޗު ނުކުޅެއެވެ.