ހަތަރެއް ގުނަ ސަތޭކަ މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ގައުމީ ރިކޯޑު އައުކޮށްފިއެވެ.
ސިންގަޕޫރުގައި މިހާރު ކުރިއަށްދާ 22 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ދިވެހި ޓީމު މި ރިކޯޑު އައުކޮށްފައިވަނީ ހަތަރު މިނެޓު 40.23 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މި ރޭހުގައި ވާދަކުރި ދިވެހި ޓީމުގައި ހިމެނެނީ އަމްނާ ތަޒްކިޔާ މިރުޞާދު, މުޙައްމަދު އާން ޙުސައިން, މުޙައްމަދު ރިޙާން ޝިހާމް އަދި މިރާލް ޢައިން ލަތީފެވެ.
މި އިވެންޓުގެ ގައުމީ ރިކޯޑު އެންމެފަހުން އައުކޮށްފައިވަނީ މިދިޔަ އަހަރު ބޭއްވި 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ހަތަރު މިނެޓު 41.83 ސިކުންތުން އިވެންޓު ފުރިހަމަކޮށްގެންނެވެ. އެ ފަހަރުގެ ދިވެހި ޓީމުގައި ހިމެނުނީ ހަމްނާ އަޙްމަދު، މުބާލް ޢައްޒާމް އިބްރާޙީމް، މުޙައްމަދު ރިހާން ޝިހާމް އަދި އައިޝަތު އުލްޔާ ޝާއިޤެވެ.