ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ ޢާއިލާއަށް ސިޔާސީ ވެރިން ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ޙަސަން ޞާބިރު އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ޞާބިރު އަވަހާރަވުމާ ގުޅިގެން ކުރީގެ ރައީސުންނާއި ސިޔާސީ ވެރިން ވަނީ ތަޢުޒިޔާގެ ޕޯސްޓުތައް މީސްމީޑިޔާގައި ޙިއްސާކުރައްވާފައެވެ. އެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޙަސަން ޞާބިރު އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައާ އެކު ކަމަށެވެ. އަދި މަރުޙޫމު ޙަސަން ޞާބިރުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، މަރުޙޫމުގެ ފުރާނަފުޅު ޖަންނަތުލް ފިރުދައުސްގައި ލެއްވުމަށް އެދި ނައިބު ރައީސް ދުޢާ ދެންނެވިއެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Hussain Mohamed Latheef (@HucenSembe) July 28, 2025
ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް ޙަސަން ޞާބިރު އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައާ އެކުގައެވެ. މަރްޙޫމް ޙަސަން ޞާބިރުގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު… pic.twitter.com/7CkLRcN6o7
ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ޙިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޙަސަން ޞާބިރު އަވަހާރަވި ޚަބަރު އަޅުގަނޑު އެހީ ފުން ހިތާމައާއެކު ކަމަށާއި ދަައުލަތުގެ މުހިންމު އިސް މަޤާމުތަކުގައި ހުންނަވައިގެން މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާޢަތަށް އަގުހުރި ޚިދުމަތްތަކެއް ޞާބިރު ކޮށްދެއްވާފައިވާ ކަމަށެވެ.
މީގެ އިތުރުން ޚާރިޖީ ދާއިރާއަށްވެސް ޞާބިރު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ ކެތްތެރިކަން ދެއްވައި މަރުޙޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި ރައީސް ޞާލިޙު ދުޢާ ދެންނެވިއެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވި ޚަބަރު އަޅުގަނޑު އެހީ ހިތާމައާއެކުގައި..
— Ibrahim Mohamed Solih (@ibusolih) July 28, 2025
ޙަސަން ޞާބިރަކީ ދަައުލަތުގެ މުހިއްމު އިސް މަޤާމުތަކުގައި ހުންނަވައިގެން މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ސިނާއަތްތަކަށް، ވަރަށް އަގުހުރި ޚިދުމަތްތަކެއް…
ޞާބިރު ނިޔާވުމާ ގުޅިގެން ޙިއްސާކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ޙަސަން ޞާބިރަކީ ރައީސް ނަޝީދަށް އިރުޝާދާއި ލަފާ ދެއްވި، ޤާބިލު ކުޅަދާނަ ޤައުމީ ޚިދުމަތްތެރިއެއް ކަމަށެވެ. އަދި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާ ދެންނެވިއެވެ.
Avahteri adhi ehaame ekuveri Hassan Sobir akee alhugandu bodu vamun ai iru, irushaad aai lafaa dhehvi beyfulheh. Qabil kulhadhaana, gaumee khidhumai theri eh. Marhoom ah rahmaiy lavvaa, aailaa ah keiytherikan dhevvaashi.
— Mohamed Nasheed (@MohamedNasheed) July 28, 2025
ޞާބިރު އަވަހާރަވުމާ ގުޅިގެން ޙިއްސާކުރެއްވި ޕޯސްޓުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ އެކި ދާއިރާތަކުން ދިވެހި ދައުލަތަށް ޚިދުމަތްކުރައްވާފައިވާ ޙަސަން ޞާބިރު އަވަހާރަވި ޚަބަރު އަޑު އެހީ ނުހަނު ފުން ހިތާމައާ އެކު ކަމަށެވެ. ޞާބިރަކީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަންކުރައްވާފައިވާ ބޭފުޅެއްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ތަނަވަސް ރަޙުމަތް މިންވަރުކޮށްދެއްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ޢަބްދުއްރަޙީމް ދުޢާ ދެންނެވިއެވެ.
اناللہ واناالیہ راجعون
— Abdul Raheem Abdulla (@Banafsaa) July 28, 2025
ދިވެހި ދައުލަތަށް ތަފާތު އެކިއެކި ދާއިރާތަކުން ދިގު މުއްދަތަކަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް ޙަސަން ޞާބިރު އަވަހާރަވީ ޚަބަރު އަޅުގަނޑު އަޑު އެހީ ނުހަނު ފުން ހިތާމަޔާ އަސަރާއެކު. މަރުޙޫމް… pic.twitter.com/wDWX7H20ej
ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ ޙަޞަން ޞާބިރު ނިޔާވި ޚަބަރު އެހީ ފުން ހިތާމައާއެކު ކަމަށާއި އެމަނިކުފާނަކީ ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ ޞާބިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އަދާކުރެއްވިއިރު، އެކުގައި މަޖިލީހުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބުނު ކަމަށެވެ. މަޖިލީހުގައި ކުރެއްވި މަސައްކަތްތަކުން ޤައުމީ ޚިދުމަތަށް ޞާބިރުގެ ހިތުގައި އޮތް ލޯބީގެ ބޮޑުކަން ތަޞައްވުރު ކުރެވުނު ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދުވެސް ވަނީ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ސުވަރުގޭގެ ނިޢުމަތް މަރުޙޫމަށް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.
Deeply saddened by the passing of my dear friend and colleague Honourable Hassan Sobir, Order of the Distinguished Rule of Izzuddin.
— Abdulla Shahid (@abdulla_shahid) July 28, 2025
Honourable Sobir was a distinguished statesman and dedicated public servant of #Maldives.
From his time in Cabinet to serving alongside him in… pic.twitter.com/8CzNJQzfse
ޞާބިރު ނިޔާވުމާ ގުޅިގެން ކެބިނެޓު ވަޒީރުންވެސް ވަނީ ތަޢުޒިޔާގެ ޕޯސްޓުތައް ކުރައްވާފައެވެ. އެގޮތުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންނާއި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ޞާބިރ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، މަރުޙޫމުގެ ފުރާނަފުޅަށް ޖައްނަތުލް ފިރުދައުސް މިންވަރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.
ވަޒީރުން ވަނީ ދިވެހި ދަޢުލަތަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ޞާބިރު ކޮށްދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ.
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
— Mohamed Ameen (@ameen3d) July 28, 2025
ޙަސަން ޞާބިރް ވަނީ ދަޢުލަތަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައި. މި ހިތާމައިގައި ބައިވެރިވެ، މަރުޙޫމުގެ ލޮބިވެތި އާއިލާއަށް އިޙްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވަން.
މާތްﷲ މައްޔިތާއައް… pic.twitter.com/QvfN27654g
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
— Abdulla Khaleel (@abkhaleel) July 28, 2025
ދިވެހިރާއްޖޭން ޖަޕާނަށް ކަނޑައަޅާފައި ހުންނެވި ސަފީރު އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ.)، އަލްފާޟިލް ޙަސަން ޞާބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު އަޅުގަނޑު އެހީ ފުންހިތާމައާއެކު. އަލްފާޟިލް ޙަސަން… pic.twitter.com/4BZo337LiI
ޙަސަން ޞާބިރު އަވަރާހަރަވީ ޢުމުރުފުޅުން 73 އަހަރުގައެވެ. އޭނާ ވަނީ ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ. ޞާބިރު ވަނީ ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ ވަޒީރުކަންވެސް ކުރައްވާފައެވެ. އެމަނިކުފާނުގެ ވަޒީރުކަމުގައި އެ ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ.