ޚަބަރު

ރިވައިވަލް އޭދަފުށީ އެކެޑަމީގެ އެތުލީޓުން ލަންކާއަށް


ރިވައިވަލް ސްޕޯޓްސް އޭދަފުށީ ބެޑްމިންޓަން އެކެޑަމީގެ 11 އެތުލީޓުން ތަމްރީނު ހޯދުމަށް ސްރީ ލަންކާއަށް ހިނގައްޖެއެވެ.

ރިވައިވަލް ސްޕޯޓްސްއިން ބުނީ މި އެތުލީޓުން ސްރީލަންކާއަށް ދިޔައީ ހާއްސަ ތަމްރީނު ޕްރޮގްރާމެއްގަްި ބައިވެރިވުމަށްކަމަށެވެ.
މި ފުރުސަތަކީ އެތުލީޓުންގެ ކުރިއެރުމާއި އަމިއްލަ ކުރިއެރުމަށް މަސައްކަތް ކުރުމަށް ލިބޭ ބައިނަލްއަގްވާމީ މުހިންމު ތަޖުރިބާއަކަށްވާނެ ކަމަށެވެ.

އަދި ހުރިހާ އެތުލީޓުންވެސް މި ދަތުރުގައި ރިވެތި އަހްލާގާއި އެކު ޝައުގުވެރިކަމާއެކު ރިވައިވަލް ސްޕޯޓް އެކަޑަމީ ތަމްސީލުކުރާނެކަމަށް އުންމީދު ކުރާކަމަށް އެ އެކަޑަމީން ބުނެއެވެ.

ރިވައިވަލް އިން އަންނަނީ ކޮންމެ އަހަރަކުވެސް ބައިނަލްއަގްވާމީ ތަޖްރިބާ ހޯދުމުގެ ފުރުސަތު އެތުލީޓުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ. ރިވައިވަލްގެ ސީނިއާ އެތުލީޓުންތަކެއް މިވަގުތު އަންނަނީ މެލޭޝިއާގައި ކުރިޔަށްދާ އެމްބީއޭ ޗެމްޕިއަންޝިޕްގައި ވާދަކުރަމުންނެވެ. އަދި މި މުބާރާތުގެ އޯޕަން އަންހެން ޑަބަލްސް ކެޓަގަރީން ރާއްޖޭގެ ފާތުމަތު ނަބާހާ އާއި އައިމިނަތު ނަބީހާ ވަނީ ރަން މެޑަލް ހޯދާފައެވެ.