ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ދިސަނަޔަކަ، އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެކަމަށް ރައިސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
މި ދަތުރުފުޅަކީ 3 ދުވަހުގެ ދަތުރުފުޅެކެވެ. މިއީ އެމަނިކުފާނު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، މަޤާމާ ހަވާލުވެވަޑައިގެންނެވިފަހުން ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު މަތީފަންތީގެ މަޝްވަރާތައް ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާއި، ދޭދޭ މުހިންމު ދާއިރާތަކުން މަޝްވަރާތައް ކުރިއަށްގެންދާނެއެވެ.
އިންޑިއާގެ ރައީސް ރާއްޖެ ވަޑައިގަންނަވާ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާއާއެވެ. ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރީ 26 ޖުލައި 1965 އަހަރުއެވެ.