ޚަބަރު

14 ވަނަ ފަހަރަށް ޖޮކޮވިޗް ވިމްބަލްޑަންގެ ސެމީއަށް


ވިމްބަލްޑަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް 14 ވަނަ ފަހަރަށް ސާބިއާގެ ނޯވަކް ޖޮކޮވިޗް ހޯދައިފިއެވެ.

ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ކުރިން ހުރި ޖޮކޮވިޗް މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ފްލޭވިއޯ ކޮބޮލީ އާއި ދެކޮޅަށް ކުޅުނު މެޗު ތިން ސެޓު އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުން އުމުރުން 38 އަހަރުގެ ޖޮކޮވިޗް ބަލިވި ނަމަވެސް އޭނާ ވަނީ ޖެހިގެން އައި ތިން ސެޓު ފަސޭހަ ކަމާއިއެކު ކާމިޔާބުކޮށްފަ އެވެ.

25 ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާ ޖޮކޮވިޗް އާއި ދެކޮޅަށް ސެމީ ފައިނަލުގައި ނިކުންނާނީ މިހާރު ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ހުރި އިޓަލީގެ ޔަނިކް ސިނާ އެވެ.

އޭނާ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އެމެރިކާގެ ބެން ޝެލްޓަން އާއި ދެކޮޅަށް ކުޅުނު މެޗު ހަތެއް ހައެއް, ހައެއް ހަތަރެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.